ރަންދެލި ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ޓެސްޓް ކުރަނީ
ރަންދެލި ރިސޯޓްގައި ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެވަލް ބްލޮންކް ރަންދެލިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
Ads by Allied Insurance