ޚަބަރު

އިމިގްރޭޝަނުން ކިއުބީ އެޕްލިކޭޝަން މައްސަލަ ހައްލުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އިމިގްރޭޝަންގެ ކައުންޓަރަކުން ޕާސްޕޯޓުގެ ހިދުމަތް މީހަކު ހޯދަނީ/ ފޮޓޯ: އިމިގްރޭޝަން

ކިޔުބީ އެޕްލިކޭޝަން އަށް ދިމާވި މައްސަލަ ހައްލު ކުރެއްވިއްޖެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

Ads by Hajj Corporation

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ ކިއުބީ އެޕްލިކޭޝަނަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޕާސްޕޯޓު ނަގަން އެދި ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނެގޭނެ ކަމަށެވެ.

ކިއުބީ އެޕްލިކޭޝަނަށް މައްސަލަ ދިމާވުމާއި ގުޅިގެން އިއްޔެ ޓޯކަން ނަންބަރުތައް ދޫކުރަމުންދިޔައީ ވެލާނާގޭގައި ހުންނަ ރިސެޕްޝަން ކައުންޓަރުންނެވެ.

އިތުރަށް އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ހަވާލުކުރުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށް ކަމަށެވެ. ނަމަވެސް، މެންދުރު 12:00 އިން 12:45 ޕާސްޕޯޓް ހަވާލުކުރުމަށް ނަންބަރު ދޫކުރުން މެދުކަނޑާލާނެ ކަމަށެވެ.

އިމިގްރޭޝަނުން އަންނަނީ ޕާސްޕޯޓް ދޫކުރުމުގައި އާންމުންނަށް ފަސޭހަވާނެ ގޮތްތައް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅު ކައުންސިލަކުން ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމަށް ޕާސްޕޯޓް އޮފީސްތައް ގާއިމްކުރުމުގެ މަޝްރޫއުއެއް ފަށާނެ ކަމަށް މިދިޔަ މަހު ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

އެކަމާއި ގުޅިގެން ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާނު ވަހީދު ވިދާޅުވީ، ސިޓީތަކުގެ އިތުރުން ހއ. ދިއްދޫއިން ވެސް ޕާސްޕޯޓް މިހާރުވެސް ދޫކުރަމުން ދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!