ޚަބަރު

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

އުތުރުގެ ރަށެއްގައި އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހަވީރު 17:04 ގައި ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާއިރު އަދި މިހާތަަނަށް އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ފުލުހުން ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުން އަންނައިރު، ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަން ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!