Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޗެނަލް 13، ދިޔަރެސް އަދި ވަގުތު ބަންދުކުރުމަށް މެމްބަރު ނިހާދު ގޮވާލައްވައިފި

ސަރުކާރަށް ފާޑުކިޔާތީ ކަމަށް ބުނެ ޗެނަލް 13، ދިޔަރެސް ނޫސް އަދި ވަގުތު ނޫސް ބަންދުކުރުމަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

ނިހާދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޗެނަލް13، ދިޔަރެސް، ވަގުތު ނޫސް ފަދަ ފަސާދަކޮށް އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ ފަރާތްތައް ބަންދުކުރަން ޖެހޭ ކަމަށެވެ.

ނިހާދު މިހެން ވިދާޅުވި ނަމަވެސް މި ނޫސްތަކުން ޤައުމީ ސަލާމަތަށް ނުރައްކާކުރަން ކުރަނީ ކޮންކަމެއް ކަމަށް ނިހާދު ސާފުކޮށްދެއްވާފައިނުވެއެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކާއި ޓީވީ ސްޓޭޝަންތައް ބަންދުކުރުމަކީ އެހާފަސޭހައިން ކުރެވޭކަމެއް ނޫނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް