ދުނިޔެ

ޕާކިސްތާނުން 12 މިލިޔަން ޑޮލަރު ރޯލްއޯވާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިނަސްޓަރު އާދަމް ޝަރީފް

ޕާކިސްތާނުން 2024-25 ވަނަ އަހަރު ޗައިނާ ފަދަ މުހިންމު ބައިވެރިންގެ އަތުން ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ގެންދިއުމަށް ނިންމައިފި އެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީގެ އެތެރޭގެ ފަރާތްތަކުން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާއިން ފަސް ބިލިއަން ޑޮލަރާއި ޔޫއޭއީގެ ތިން ބިލިއަން ޑޮލަރާއި ޗައިނާގެ ހަތަރު ބިލިއަން ޑޮލަރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި ޗައިނާއިން އިތުރު އާ ފައިނޭންސިންގެ އަންދާޒާ ވެސް އަންނަ މާލީ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ.

ފްރެޝް ލޯން ޕްރޮގްރާމްގެ ދަށުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ޕާކިސްތާނަށް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އާ ފައިނޭންސިން ވެސް އަންދާޒާކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މާލީ އިދާރާތަކާ އެކު ލޯނު ޕްރޮގްރާމްގެ އާ އެއްބަސްވުންތަކެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ފެޑެރަލް ސަރުކާރުގެ އަމާޒަކީ އައިއެމްއެފްރިވިއު މިޝަން ޕާކިސްތާނަށް އަންނާނެ ކަމަށް ލަފާކުރެވޭ މުއްދަތުގެ ކުރިން ބަޖެޓުގެ ލަނޑުދަނޑިތައް ހާސިލްކުރުމެވެ.

އަންނަ ޖޫން މަހު ހުށަހަޅާ ބަޖެޓުގެ ކުރިން ދުނިޔޭގެ ލޯނު ދޭ ކުންފުންޏާއެކު އާ ލޯނު ޕްރޮގްރާމެއް ހިންގުމުގެ މަޝްވަރާތައް މެއި މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ބެލެވެ އެވެ. ފިނޭންސް މިނިސްޓްރީގެ މަސްދަރުތަކުން ބުނީ އާ ލޯނު ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފެށުމުގެ ކުރިން ޓާގެޓްތައް ފުރިހަމަކުރުމަށް މިނިސްޓްރީތަކަށް އަންގާފައިވާނެ ކަމަށެވެ.

އަދި މުހިންމު ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްވުމުން އެކަމުގެ ތަފްސީލް އައިއެމްއެފްގެ ވަފުދަށް ދެއްވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. އައިއެމްއެފްރިވިއު މިޝަން އެގައުމަށް އައުމުގެ ކުރިން ބަޖެޓް ސްޓްރެޓެޖީ ކަރުދާސް ފެޑެރަލް ކެބިނެޓުން ފާސްކުރަން ވެސް ވަނީ ނިންމައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!