ޚަބަރު

ރޯގާގެ އަލާމާތްތައް ފެންނަނަމަ ބަސް އަދި ފެރީ ބޭނުން ނުކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

އެއްވެސް ކަހަލަ ރޯގާގެ އަލާމާތެއް ހުރި ނަމަ ބަސް އަދި ފެރީގައި ދަތުރު ނުކުރުމަށް މޯލްޑިވް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިލްތިމާސްކޮށްފި އެވެ.

Ads by Sosun Fihaara

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ, ކޮރޯނާވައިރަސް އާއި ގުޅިގެން އެ އެކުންފުނިން އަންނަނީ މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތަކާއި، ދެކުނުގައި ދުއްވާ ފެރީތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ބަހާއި ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން އިތުރަށް ސަމާލުވެ، އެއްވެސް އަރިދަފުސް ރޯގާއެއްގެ އަލާމާތެއް ހުރި ނަމަ ބަހުގެ ވެސް އަދި ފެރީގެ ވެސް ދަތުރު ނުކުރުމަށް ޝާހިދު ވިދާޅުވި އެވެ.

ހަމައެއާއެކު ބަސް ސްޓޮޕްތަކުގައި ގާއިމުކޮށްފައިވާ އަތް ދޮވުމުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ވީހާވެސް ރައްކާތެރި ކަމާއެކު ދަތުރުފަތުރު ކުރުމަށާއި ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބަސް ދަތުރުވެސް އަދި ފެރީ ދަތުރުވެސް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!