ޚަބަރު

އިއްޒުއްދީން ފާލަން އިތުރަށް ތަރައްގީކުރަން ފަށައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އިއްޒުއްދީން ފާލަން - ފޮޓޯ: ނިޝާން، މިހާރު

މާލޭގެ ރަސްމީ ފާލަން، އިއްޒުއްދީން ފާލަން އިތުރަށް ތަރައްގީކުރަން ފަށައިފި އެވެ.

Ads by MWSC

ސަރުކާރުން އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ.

އިހު ޒަމާނުގައި އޮޑިދޯނި ފަހަރު، ބައްތެލީގެ ރިޔާތަކުގެ ރަމްޒެއް ގޮތަށް ބިނާތަކެއް ހިމަނައިގެން މިހާރު ފެންނަ ގޮތަށް އިއްޒުއްދީން ފާލަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ތަރައްގީ ކުރީ ވެސް އެމްޓީސީސީންނެވެ.

އާ މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އާ ޖެޓީ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓްރަކްޗާ ފަރުމާ ކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެ އެވެ.

މަޝްރޫއު ހަވާލުކުރީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ފާލަން ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައިވާ ކަމަށެވެ. އެ ފާލަމަކީ ގައުމިއްޔަތާއި ދިވެހި ސަގާފަތުގެ ރަމްޒެއް ގޮތަށް ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!