ޚަބަރު

މަޖިލީހުން ބުނީ މި ދައުރުގެ 93 ޕަސެންޓް މަސައްކަތް ނިންމި ކަމަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު މަސައްކަތުގެ 93 ޕަސެންޓް ފުރިހަމަކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

Ads by STELCO

މަޖިލީހުން އާންމުކުރި މި ދައުރުގެ މަސައްކަތުގެ ތަފާސްހިސާބު ދައްކާ ގޮތުން މި ދައުރުގައި ކޮށްފައިވަނީ 1291 މަސައްކަތެކެވެ. އެއިން 1200 މަސައްކަތް ނިންމާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ.

އެހެންކަމުން ޖުމުލަ މަަސައްކަތުން ހާސިލްކުރެވުނު ނިސްބަތަކީ 92.95 ޕަސެންޓް ކަމަށެވެ.

މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް؛

  • ޖުމުލަ 513 ޖަލްސާ - އެއީ 1461 ގަޑިއިރު
  • ކޮމިޓީތަކުގެ 3784 ބައްދަލުވުން - އެއީ 4434 ގަޑިއިރާއި 23 މިނެޓް
  • 210 ބިލް ހުށަހެޅި، 178 ބިލުގެ މަސައްކަތް ނިންމި
  • 92 ގަރާރު ހުށަހެޅި، 73 ގަރާރުގެ މަސައްކަތް ނިންމި
  • ސަރުކާރުން 156 މައްސަލަ ހުށަހެޅި، އެއިން 152 މައްސަލައިގެ މަސައްކަތް ނިންމި
  • ރިޔާސަތުން 107 މައްސަލަ ހުށަހެޅި، 104 މައްސަލައިގެ މަސައްކަތް ނިންމި
  • މެންބަރުން 56 މައްސަލަ ހުށަހެޅި، އެއިން 48 މައްސަލައިގެ މަސައްކަތް ނިންމި
  • އެހެނިހެން ގޮތްގޮތުން 156 މައްސަލަ ހުށަހެޅި، 153 މައްސަލަ ނިންމި
  • ވަޒީރުންނަށް 405 ސުވާލުކުރަން ހުށަހެޅި، އެއިން 384 ސުވާލުކުރި
  • 108 ކުއްލި މައްސަލަ ހުށަހެޅި، ހުރިހާ މައްސަލައެއްގެ މަސައްކަތް ނިންމި
  • މެންބަރުންގެ އިމްތިޔާޒާ ގުޅޭ މައްސަލައެއް ހުށަހެޅި، މަސައްކަތް ނުނިމޭ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!