ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް މިވަގުތު ދައްކަން ނުޖެހޭ ގޮތައް ހެދުމަށް އަދުރޭ ގޮވާލައްވައިފި
ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތައް މިވަގުތު ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް މިވަގުތު ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ގޮވާލާ ކަމަށާއި އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް އެހީވާން އިންޓަރެސްޓް ކުޑަ ލޯނެއް ތައާރަފް ކުރުމަށް ގޮވާލާ ކަމަށެވެ.
"މި ވަގުތަކީ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންވީ ވަގުތު." އަދުރޭ ވިދާޅުވިއެވެ.
BML in dhookoffaivaa lui loan thah mivaguthah dhakkan nujehey gothah hedhumah govaalan. Adhi mi dhandhivalhugai rayyithunah eheevaan interest kuda loan eh thaaraf kurumah govaalan.mi vaguthakee rayyithunnah lui goiy thakeh hoadhai dhinumah avas fiyavalhu thakeh alhanvee vaguthu.
— Abdul Raheem Abdulla (@Banafsaa) March 19, 2020
ކޯވިޑް19 އާ ގުޅިގެން އިގްތިސާދަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ބޭންކުތަކުން ވިޔަފާރި ކުރުމުގެ ބަދަލުގައި ލޯންތަކުގެ އިންޓަރެސްޓް ކުޑަކޮށް ބަނގުރޫޓް ވަމުންދާ ވިޔަފާރިތަކަށް އެހީތެރިވާން ޖެހޭ ކަމަށް ގިނަ ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.