ޚަބަރު

ރައީސް، ސިންގަޕޫރުގެ އާ ބޮޑު ވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ އައު ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައީސްގެ މެސެޖުގައި ސިންގަޕޫރުގެ އައު ބޮޑުވަޒީރުގެ ދައުރުގައި ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، އެކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރައީސް ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ސިންގަޕޫރުގެ އައު ބޮޑުވަޒީރުގެ ޒަޢާމަތުގައި، ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައި އެވެ.

އުމުރުން 51 އަހަރުފުޅު ވޮންގް ބޮޑުވަޒީރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި މިއަދު އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!