މާލެ ހުކުރު މިސްކިތުގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ހޯދަނީ

މާލެ ހުކުރު މިސްކިތް ސެކުއިރިޓީ ބަލަހައްޓަން ބަޔަކު ހޯދަން، ގައުމީ ތަރިކައިގެ ވުޒާރާއިން އިއުލާންކޮށްފި އެވެ.
ސަރުކާރު ގެޒެޓުގައިވާ އެ އިއުލާނުގައި ބުނަނީ މިނިސްޓްރީން ހޯދަނީ އަހަރު ދުވަހުގެ މުއްދަތަކަށް އެ ތަނުގެ ސެކުއިރިޓީ ބަލަހައްޓައިދޭނެ ބައެކެވެ.
ސެކިއުރިޓީގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީން ހުޅުވާލީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާވުމަށް ފުރުސަތު ދިނުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އިސްކަންދޭ ސިޔާސަތެކެވެ.
މި ބީލަމުގެ މައުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމެއް ނުވަތަ ޕްރީ-ބިޑް މީޓިން އޮންނާނީ މެއި މަހުގެ 22 ވަނަ ދުވަހު، ގައުމީ ދާރުލްއާސާރު ބިލްޑިންގައި ހެނދުނު 11 ޖަހާއިރެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ 29 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރެވެ.