މުނިފޫހިފިލުވުން

ކޮވިޑް19: ހަބޭސް ބޮޑުބެރު ގުރޫޕުން ވެސް ބުނަނީ އަތް ދޮންނާށޭ ރަނގަޅަށް

ކޮވިޑް19 ގެ ނުރައްކާ މިކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް ކުރިމަތިވެފައިވާއިރު ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ދޭ އިރުޝާދަކީ އިޖުތިމާއީ ގައިދުރުކަން އިސްކުރުމަށާއި ގިނަގިނައި ން އަތް ދޮވުމަށެވެ. މި އިރުޝާދަށް ތަބާވެ ރައްޔިތުން އަމަލު ކުރަމުން ދާއިރު އެކި ދާއިރާގެ އެކި ފަންނުވެރިން ވެސް ދަނީ އެމީހުންގެ ފަންނާއި ގުޅޭ ގޮތުން މެސެޖުތައް އާންމު ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް ''ހަބޭސް''ބުނަނީ މިހެންނެވެ.

''ބޭނުން ކޮށްފައި މާސްކާ ޓިޝޫ ޑަސްބިނަށްލާ ، ރީތިކޮށް އަތްދޮވެލަމާ!

ސައިބޯނި ލައިގެން އަތް ދޮވެލާނީ ފޮނުއަރުވާލާ ، މިފުށަށް ޖަހާ އުނގުޅާ ، އުނގުޅާ ، އަތް ދޮންނާށޭ ރަނގަޅަށް!''

މިދިޔަ ހޯމަ ދުވަހު ހަބޭސް ބޮޑުބެރު ގުރޫޕުން އާންމުކުރި މިކުރު މެސެޖު އާންމުން ވަނީ ވަރަށް ބޮޑަށް ބަލައިގެންފައެވެ. އެގޮތުން އެއްލައްކަ ވިހި ހާސް މީހުން މިހާތަނަށް އެލަވަ ބަލާފައިވާއިރު އެތައް ބަޔަކު ވަނީ އެ މެސެޖަށް ފައްސި ކޮމެންޓް ކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ހަބޭސްގެ އިތުރުން ރާއްޖޭގެ އެހެނިހެން ޖަމްއިއްޔާ، ޖަމާޢަތްތަކުން ވެސް ދަނީ އެމީހުންގެ ދުވަހުގެ ހަރަކާތްތައް ހުއްޓާލާ ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ ގޭގައި ތިއްބެވުމަށް ގޮވާލައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!