ދުނިޔެ

ޓިކްޓޮކް ބޭން ކުރަން އެމެރިކާއިން އަވަސް ފިޔަވަޅުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި ޓިކްޓޮކުން ހުކުރު ދުވަހު އެމެރިކާގެ އިސްތިއުނާފް ކޯޓަކަށް އަންގާފައި ވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޓިކްޓޮކްގެ އެމެރިކާގެ މުދާ ވިއްކާލަން ނުވަތަ މަނާކުރުމާ ކުރިމަތިލާން ޖެހޭ ގޮތަށް ޗައިނާގެ ބައިޓްޑާންސަށް އަލަށް އެކުލަވާލި ގާނޫނަށް ކުރިމަތިވެފައިވާ ގާނޫނީ ގޮންޖެހުންތަކާ މެދު ވިސްނުމަށް އަވަސް ޝެޑިއުލެއް ކަނޑައެޅުމަށެވެ.

Ads by WAMCO

ޓިކްޓޮކާއި ބައިޓްޑާންސް އަދި ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުންގެ ބަޔަކު ޖަސްޓިސް ޑިޕާޓްމަންޓާ ގުޅިގެން އެމެރިކާގެ ކޯޓް އޮފް އެޕީލްސް ފޯ ދަ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގައި ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ކުރިން ހުކުމް ކުރުމަށް އެދުނީ އެމެރިކާގެ ސުންގަޑިއަށް ވުރެ ކުރިން ސުޕްރީމް ކޯޓުން ރިވިއު ކުރަން ޖެހިއްޖެ ނަމަ ރިވިއު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

އެމެރިކާގެ 170 މިލިއަން މީހުން ބޭނުންކުރާ އެޕްލިކޭޝަން މަނާކުރުމުގެ ގާނޫނަށް ހުރަސް އެޅުމަށް ޓިކްޓޮކް އުފައްދާ ފަރާތްތަކުގެ ބަޔަކު މިދިޔަ އަންގާރަ ދުވަހު މައްސަލަ ހުށަހެޅީ އެއެޕްލިކޭޝަންގެ ސަބަބުން އެމެރިކާގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ބުނެ އެވެ.

މިދިޔަ ހަފުތާގައި ޓިކްޓޮކާއި ބެލެނިވެރި ކުންފުނި ބައިޓްޑާންސުން ވެސް ވަނީ އެ ގާނޫނަކީ އެމެރިކާގެ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބުނެ އެފަދަ މައްސަލައެއް ހުށަހަޅައިފަ އެވެ.

"ޓިކްޓޮކް ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ގިނަކަމުން، އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބައޮތް މި މައްސަލަ އަވަހަށް ނިންމަން،" އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި ޓިކްޓޮކް ހުށަހެޅުއްވި ފަރާތްތަކުން ބުނެފައިވެ އެވެ.

ޓިކްޓޮކުން ބުނީ އަވަސް ޝެޑިއުލަކާއެކު ގާނޫނީ ގޮންޖެހުން ހައްލުކުރެވޭނީ ރިކުއެސްޓް ކުރަން ނުޖެހި ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ސޮއި ކުރައްވާ އެކުލަވާލި މި ގާނޫނުގައި ޓިކްޓޮކް ވިއްކުމަށް ނުވަތަ މަނާކުރުމާ ކުރިމަތިލާން ބައިޓްޑާންސަށް ޖެނުއަރީ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ. ވައިޓް ހައުސްއިން ބުނީ ޗައިނާގެ މިލްކުވެރިކަން ނިމުމަކަށް ގެނައުމަށް ބޭނުންވަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށާއި ނަމަވެސް ޓިކްޓޮކް މަނާކުރުން ނޫން ކަމަށެވެ.

އަދި ސެޕްޓެމްބަރު މަހުގެ ކޭސް ކަލަންޑަރުގައި އެ މައްސަލަ އަމަލީ ގޮތުން ވީހާވެސް އަވަހަކަށް އަނގަބަހުން ބަހުސް ކުރުމަށް ކަނޑައެޅުމަށް ވެސް ދެ ފަރާތުން ވަނީ ކޯޓުގައި އެދިފަ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ގައުމީ ސަލާމަތާ ބެހޭ ޖަސްޓިފިކޭޝަންތައް ސިއްރުކޮށްގެން ކޯޓަށް ހުށަހެޅޭނެ ކަމަށެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން މި ހަފުތާގެ ކުރީކޮޅު ބުނެފައި ވަނީ ޓިކްޓޮކް ގާނޫނުގެ ދަށުން ގައުމީ ސަލާމަތާ ގުޅޭ މުހިންމު ކަންބޮޑުވުންތަކަށް ފުރަތަމަ އިސްލާހާއި ގާނޫނު އަސާސީގެ އެހެނިހެން ލިމިޓޭޝަންތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލު ހޯދައިދޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!