ދުނިޔެ

ޗައިނާގެ 18 މަތިންދާބޯޓާއި ހަތަރު އުޅަނދެއް ޓައިވާން ކައިރިން ފެނިއްޖެ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޓައިވާނުގެ ގައުމީ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ވަނީ ޓައިވާން ކައިރިން ޗައިނާގެ އަސްކަރީ މަތިންދާ ބޯޓާއި އުޅަނދުތައް ގިނަ އަދަދަކަށް ހުރިކަން ކަށަވަރުކޮށްދީފައެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ އެ ދުވަހު ހެނދުނު 6:00 އާ ހަމައަށް ޓައިވާނުގެ ކައިރިން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ 18 މަތިންދާބޯޓާއި ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީ (ޕްލޭން) ގެ ހަތަރު އުޅަނދެއް ފެނިފައިވާ ކަމަށެވެ.

ފެނުނު މަތިންދާބޯޓުތަކުގެ ތެރެއިން 12 މަތިންދާ ބޯޓު ވަނީ މީޑިއަން ލައިން ހުރަސްކޮށް ޓައިވާނުގެ އުތުރާއި ހުޅަނގު ދެކުނު އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) އަށް ވަދެފަ އެވެ. މިއީ ޓައިވާނާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އެ ރަށުގެ އިސްތިގުލާލު އޮތް ކަމަށް ބުނާ ނުތަނަވަސްކަން އިތުރުވުމެވެ.
ޓައިވާނުގެ އަސްކަރިއްޔާ (އާރްއޯސީއާމްޑްފޯސް) އިން ވަނީ މިކަމަށް ވަގުތުން އިޖާބަދީ، ޗައިނާ ގެ އަސްކަރިއްޔާގެ ހަރަކާތްތައް ގާތުން ބަލަހައްޓައި، ރައްދުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެވެ.

"ޓައިވާނުގެ ވަށައިގެން ދަތުރުކުރާ ޕީއެލްއޭގެ 18 މަތިންދާބޯޓާއި 4 ޕްލޭން އުޅަނދު މިއަދު ހެނދުނު 6:00 އާ ހަމައަށް (ޔޫޓީސީ+8) ވަނީ ފެނިފައި. އޭގެ ތެރެއިން 12 މަތިންދާބޯޓު ވަނީ މީޑިއަން ލައިން ހުރަސްކޮށް ޓައިވާނުގެ އުތުރާއި އެސްޑަބްލިއު އޭޑީއައިޒެޑަށް ވަދެފަ އެވެ. #ROCArmedForces ވަނީ ހާލަތު މޮނިޓާކޮށް އެގޮތަށް ރައްދު ދީފައި،" ޓައިވާނުގެ ގައުމީ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނެފައިވެ އެވެ.
ޓައިވާނުގެ ކައިރީގައި ޗައިނާގެ އަސްކަރީ އެސެޓްތައް ގިނަވުމަކީ އެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ޖިއޮޕޮލިޓިކަލް ނުތަނަވަސްކަން ދައްކުވައިދޭ ކަމެކެވެ. ޗައިނާގެ އަސްކަރީ ހަރަކާތްތަކާއި ބޭނުންވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން ޓައިވާން އަލުން މެއިންލޭންޑާ އެއްބައިވަންތަ ކުރުމުގެ ވިސްނުމާ މެދު ޓައިވާނުން އަންނަނީ ގިނަ އިން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ފަހުގެ ހާދިސާ ހިނގާފައި މިވަނީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް އިތުރަށް ބަލަމުންދާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް އެމެރިކާއިން ވަނީ ޓައިވާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތް ތަކުރާރުކޮށް، އެ ގައުމާ އެކު ހަތިޔާރު ވިއްކުމާއި އަސްކަރީ ތަމްރީނުތައް ގަވާއިދުން ކުރިއަށް ގެންގޮސްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!