ޚަބަރު

ޔުނިވާސަލްގެ ރިސޯޓުތައް 3 މަހަށް ބަންދުކޮށް، މުސާރަ ލިބޭގޮތަށް މުވައްޒަފުންނަށް ޗުއްޓީ ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ޔުނިވާސަލްގެ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދުކޮށް، މުސާރަ ލިބޭގޮތަށް މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

Ads by MWSC

ރާއްޖޭގައި އަށް ރިސޯޓު ހިންގާ ޔުނިވާސަލް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހަށް ޔުނިވާސަލްގެ ހުރިހާ ރިސޯޓުތަކުގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މުވައްޒަފުންނަށް ޚާއްސަ ޕެކޭޖުތަކާ އެކު، މުސާރަ ލިބޭ ގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށާއި އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތާއި މި މާޗުގެ މުސާރަ އާއި ސާވިސް ޗާޖު ވެސް އުނިކުރުމެއް ނެތި ގާނޫނުގައިވާ ގޮތަށް ހުރިހާ މުވައްޒަފުންނަށް ލިބޭނެ ކަމަށް ޔުނިވާސަލް އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ފަތުރުވެރިކަމާއި މީހުން ބިނާ ކުރުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ބޮޑު ހޭދައެއް ކޮށްފައިވާއިރު، ވައިރަސްގެ ސަބަބުން ފަތުރިވެރިކަމަށް އައިސްފައިވާ ހުއްޓުމާއި އެކު ރާއްޖެއިން ފަތުރުވެރިކަމުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ކުންފުންޏަށް ޔުނިވާސަލް ވާނެކަމަށެވެ.

ނަމަވެސް، މި އުނދަގޫ ދަނޑިވަޅުގައިވެސް މުވައްޒަފުން ވަކިނުކޮށް އަދި މުސާރަވެސް އުނިނުކޮށް ކުރިއަށް ގެންދަން ނިންމީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ތަނުގެ 3200 ވުރެން ގިނަ މުވައްޒަފުން ކަމުގައި ވާތީކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ.

ތިން މަސް ދުވަހަށް ޔުނިވާސަލްގެ ރިސޯޓުތައް ބަންދު ކުރި ނަމަވެސް، ކޮންމެ މަހަކުވެސް މިހާރުގެ ހާލަތު ހަމައަކަށް އެޅޭތޯ ބަލައި، މިކަން މުތާލިއާ ކުރަމުން އެ ކުންފުނިން ގެންދާނެއެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!