ޚަބަރު

މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: ފޮޓޯ: ދެން

މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

Ads by Hajj Corporation

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މީހަކު މަރުވެފައި އޮއްވާ ފެނިފައިވަނީ މ. ރަބީއުވިލާ ގްރައުންޑް ފްލޯއިން ކަމަށެވެ.

އެ މިހާ މަރުވި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މެންދުރު 14:20 އެވެ. އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސީންގައި ފުލުހުން ދަނީ ހަރާކަތްތެރިވަމުންނެވެ.

މާލޭ ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، މިދިޔަ ހަފްތާގައި ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!