ޚަބަރު

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދި އައިމަން

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ގެއްލިގެން ހޯދަމުންދާ އައިމަން

މ. ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނީ، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރީގެ، އަހުމަދު އައިމަން (30އ) އެނގިއްޖެއެވެ.

Ads by MWSC

ފޮޓޯ އާއްމުކޮށް، އައިމަން ހޯދަން އާއްމުންގެ އެހީއަށް ފުލުހުން ވަނީ މިއަދު އެދިފައެވެ.

ފުލުހުން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓު

އައިމަން މަރުވެފައި އޮއްވާ ފެނުނު ގެއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުﷲ އީސާ ފުޅު (އީސަ)ގެ ގެއެވެ. މީހުން ދިރިނޫޅޭ އެެ ގެއިން މަރުވެފައި އޮއްވާ ފެނުނީ އައިމަން ކަން އީސަ ވަނީ "ދެން" އަށް ޔަގީންކޮށްދީފައެވެ. އަދި ފުލުހުންގެ އޮފިޝަލެއް ވެސް ވަނީ "ދެން" އަށް މިކަން ކަށަވަރު ކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިމަން އަކީ ކުށުގެ 20 ރެކޯޑް އޮތް މީހެކެވެ.

އެނގިފައިވާ ގޮތުން އެ ގެ ފަޅަށް ހުންނަތާ 3 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އެގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ކޮށްފައިވަނީ ލިބުނީ މިއަދު 14:20 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް އެކަމާއި ގުޅޭ ތަފުސީލެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުން އަންނަ ވަރަކުން ހިއްސާކުރާނެ ކަމަށެވެ.

ރަބިއުވިލާ އަކީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އަލިފާނުގެ ހާދިސާއެއް ވެސް ހިނގި ގެއެކެވެ. މީހުން ނޫޅެ ގިނަދުވަސް ވުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފަ ހުރި އެ ގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިދިޔަ މަހު 11 ގައި ސަރުކާރުން އޮތީ ބުނެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!