ޚަބަރު

ބޭރުގެ ޔޮޓްތަކާއި ސަފާރީތައް ރާއްޖެ އައުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެހެން ގައުމަތަކުން ފުރާ ޔޮޓާއި ސަފާރީ ރާއްޖެ އައުމާއި އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފިއެވެ.

Ads by MWSC

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ސަފާރީ އަދި ޔޮޓު ފަދަ އެއްވެސް އުޅަނދަކަށް ރާއްޖެއަށް އައުމާއި ރާއްޖޭގައި ބަނދަރުކުރުން މަނާވާނެ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

މި ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 13 ނައްސިވެފައިވާއިރު އެ އެންމެނަކީ ވެސް ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!