ލައިފްސްޓައިލް

ވަކި މީހަކަށް ބަރޯސާވެގެން ދިރިއުޅުމުގައި އެއްވެސް ކަމެއް ހާސިލެއް ނުވާނެއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަހަރެމެން އެންމެންނަކީ ވެސް ދިރިއުޅުމުގައި ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ލަނޑުދަނޑިތައް ހާސިލު ކުރަން މަސައްކަތް ކުރާ ބައެކެވެ. ދިރިއުޅުމުގެ ނަވުގައި ވަކި މަންޒިލެއް ކަނޑައަޅައިިގެން ދުއްވަމުންދާ ބައެކެވެ. އެމީހަކު އެމީހެއްގެ އަމިއްލަ ނަވުގައެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާނީ ތަފާތު ދުވަސްތަކާއެވެ. އޮޔާވަޔާ ދެކޮޅަށްވެސް ދިރިއުޅުމުގައި ނަވު ދުއްވަން ޖެހޭ ދުވަސްތައް ވެސް އަންނާނެއެވެ.

Ads by STELCO

ދިރިއުޅުމުގައި ތިމާގެ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ކުރާނީ ތިމާ އަމިއްލައަށެވެ. އެހެން މީހަކު ތިމާއަށް އެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި މަސައްކަތް ކޮށްދޭނެ ކަމަށް މަޑުކޮށްގެން އެ ހުވަފެންތައް ބިލާހަކަށް ވެގެން ވެސް ހިނގައިދާނެއެވެ. އެ ހުވަފެންތަކުގައި ކުލަ ނުޖެހިވެސް ގޮސްދާނެއެވެ. ތެދެކެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކުގައި ތިމާއަށް ވާގިވެރިވާނެ މީހުން ތިމާގެ ދިރިއުޅުމުގައި ބޭނުންވާނެއެވެ. ތިމާއަށް ދިރިއުޅުމުގެ ދަތުރުގައި މަގުދައްކައިދޭނެ މީހުން ތިމާގެ ކަައިރީގައި ތިބުން މުހިންމު ވާނެއެވެ.

ދިރިއުޅުމުގައި ވަކި މީހަކަށް ބަރޯސާ ނުވާށެވެ. އެވެނި މީހަކު މިވެނި ކަމެއްގައި ތިބާއަށް އެހީތެރިވެދޭނޭ ބުނެ ނުވަތަ އެވެނި ކަމެއް މިވެނި މީހަކު ކޮށްދޭނެ ކަމަށް ހީކޮށް އަރާ އޮށޯވެ ނުނިދާށެެވެ. އެހެން ވެއްޖެ ނަމަ އާޚިރުގައި ތިމާ ނާކާމިޔާބު ވެދާނެއެވެ. ތިބާގެ ހުވަފެންތައް ހަގީގަތަކަށް ނުހެދި ދެކެމުން އައި ހުރިހާ ހުވަފެނެއް ވެއްޔާ މޮޑެވިދާނެއެވެ.

ތިބާގެ ދިރިއުޅުމުގައި ތިބާ ކުރާ އުއްމީދުތައް ހަގީގަތަަކަށް ހަދާނީ ތިބާގެ ބުރަ މަސައްކަތުންނެވެ. ކާމިޔާބީއަށް އެދި ތިބާ ހިންތަމާއި މިންނަތުން ކުރާ މަސައްކަތުންނެވެ. ކާމިޔާބީއަށް ވާސިލުވުމަށް ތިބާ ދިރިއުޅުމުގެ ކަނޑުގައި ހިތްވަރާއެކު ފަަތައިގެންނެވެ. އެހެން މީހަކު ތިބާގެ އަތުގައި ހިފައި ނުވަތަ އެމީހެއްގެ ނަވުގައި ގެންދާނެ ކަމަށް އުއްމީދުކޮށްގެން ހުރެ އެއްވެސް ކަމެއް ހާސިލެއް ނުވާނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!