ރިޕޯޓް

ދަޅަ ދައްކައިގެން ފިރިހެނުން ގެންގޮސް ފޭރެނީ ދެމައިންވެގެން

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ހިޔާ ފްލެޓްތައް/ ފޮޓޯ: މިހާރު

"ހުރިހާ ބޭފުޅުންގެ ސަމާލު ކަމަށް، ފޭސް 2 ގެ ބައެއް ޓަވަރުގައި ދިރިއުޅެމުންދާ އަންހެނުންގެ ފަރާތުން ފިރިހެން ބޭފުޅުން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު އަންނަނީ ލިބެމުން، ވީމާ އެއްވެސް އަންހެނަކު ބުނެގެން އެ ބޭފުޅުންގެ އެޕާޓްމަންޓަށް ނުދިއުމަށް ހަނދާން ކޮށްދޭން،"

Ads by STELCO

އެއީ ހިޔާގެ ވައިބާ ގްރޫޕަށް މިއަދު މީހަކު ފޮނުވި މެސެޖެކެވެ. އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ފުލުހުން ވެސް ޔަގީންކޮށްދިނީ މިއަދެވެ. ފޭސް ދޭއްގެ ޓަވަރުތަކުގައި އުޅޭ ބައެއް މީހުން އެ ވާހަކަތައް "ދެން އޮންލައިން" އަށް ވެސް ތަފުސީލުކޮށް ކިޔައިދީފައިވެ އެވެ.

ދުވަސްވީ ފިރިހެނުން ހައްލައިގެން އެޕާޓްމެންޓަށް ގެންގޮސް ފޭރޭ އަންހެނުންތަކުގެ ވާހަކަ ކިޔައިދެމުން އަލީ (އަސްލު ނަމެއް ނޫން) ބުނީ، އޭނައަށް އެނގުނު ފަހުން ވެސް މިހާރު ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަލީ ދަންނަ މީހަކަށް އެ ކަމެއް ހިނގުމުން ފުލުހަށް އޭރު އޭނާ އެ މައްސަލަ ރިޕޯޓު ކުރި އެވެ. ދޭތެރެއަކުން ފުލުހުން އެ އެޕާޓްމެންޓް ބަލާ ފާސްކުރާ ކަމަށް ވެސް އޭނާ ބުނެއެވެ. އެކަމަކު، ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރެއް ނެތި އަދި ހަމަ މީހަކު ހައްޔަރު ނުކުރެވޭނެތާ އެވެ.

މިހެން ފިރިހެނުންނަށް ވާހަކަ މި ދައްކަނީ އެޗް-5 ގެ ތިންވަނަ ފްލޯގެ 18 ވަނަ އެޕާޓްމަންޓްގައި އުޅޭ ދެމައިންނެވެ. އާންމު ގޮތެއްގައި އުޅެނީ ދަރިފުޅެވެ. އެ އަންހެން މީހާއަކީ ގާތްގަނޑަކަށް 25 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނެކެވެ. ސީދާ އުމުރެއް ނޭނގެ އެވެ.

"އެ ތަނުގައި އާންމުކޮށް މި އުޅެނީ އެންމެ އަންހެނެއް. އެކަމަކު އޭނާގެ މަންމަވެސް އެތާނގައި އުޅޭ. އޭނާގެ މަންމައަކީ ވެސް އެކަހަލަ ވިޔާނުދާ ކަންތައްތައް ކުރާ މީހެއް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބެނީ. ދެމައިން ވެގެން ހަށިވިއްކާ ކަމަށްވެސް މައުލޫމާތު ލިބޭ،" އޭނާ ކިޔައިދިނެވެ.

"އެ އަންހެން މީހަ މިހާރު އިނީ ބަލިވެ. އެއީ ކާކުގެ ދަރިއެއް ކަމެއް ނޭނގެ. އޭނާއަކީ ޑްރަގުގެ މައްސަލަތަކެއްވެސް އޮތް މީހެއް" އެ ކަމުގެ މައުލޫމާތު އެނގޭ މީހާ ބުންޏެވެ.

އަލީ ކިޔައިދިން ގޮތުންނަމަ މީހުން ފޭރުމުގެ ކުށް މި މީހުން ހިންގަނީ ވަރަށް އިންތިޒާމުވެގެނެވެ. އޭގައި ދެމައިންގެ އިތުރުން ދެ ފިރިހެނުން ބައިވެރިވެއެވެ. ފޭރުމުގައި ބިރު ދައްކަން އެހީތެރިވަނީ މި މީހުނެވެ.

އެ އެޕާޓްމެންޓަށް ގެންދަނީ މެދު އުމުރާއި، ދޮށީ އުމުރުގެ ފިރިހެނުންނެވެ. ގެންދާ މީހުން ބަރަހަނާ ކުރެއެވެ. އެ މީހުން ފޮޓޯ ނަގައި ބިރު ދެއްކުމަށް ފައިސާ ހޯދައެވެ. އުމުރުން 65 އަހަރުވެގެން ރިޓަޔަމަންޓްގެ ޕެންޝަނާއި ސަރުކާރުގެ އިނާޔަތް ލިބޭ ފިރިހެނުންނަކީ ވެސް އެ މީހުންގެ އަމާޒުގައި ތިބި ބަޔެކެވެ.

"އެއްކަލަ ދެ ފިރިހެނުން ވެގެން، ގެންދާ މީހާގެ އަންނައުނު ބާލުވާފަ ވީޑިއޯ އާއި ފޮޓޯ މި ނަގަނީ. ދެން މި ބުނަނީ އޭނާގެ އަތުގައި ހުންނަ ފައިސާ ދޭށޭ، ނޫނީ މި އެއްޗެހި (ބަރަހަނާ މަންޒަރުތައް) ލީކް ކޮށްލާނީއޭ،" ފައިސާ ހޯދަން މި ގްރޫޕުން މަސައްކަތް ކުރާ ގޮތް ކިޔައިދިނެވެ.

ގިނަ މީހުންނަކީ، އެ މީހުންގެ ނަމަށް ހުތުރުވެދާނެތީ މިފަދަ ކަންކަން ސިއްރު ކުރާ މީހުންނެވެ. އަދި ހާއްސަކޮށް، ބަރަހަނާ ވީޑިއޯއާއި ފޮޓޯ ލީކްވެދާނެ ކަމަށް ޖެހިލުންވާނެއެވެ. އެހެންވެ ފައިސާ އެ މީހުންނަށް ދެނީއެވެ. މި މަޅީގައި ޖެހޭ މީހުންނަށް ވެސް ވަނީ އެހެން ކަމަށް އަލީ ބުނެއެވެ.

"އެ ހިސާބުން އޭނާއަށް އޯކޭ ވާނެ ދަރަނި މައްޗަށް ދަރަނި ވެގެން ވެސް އޭނާގެ ދަރިންނާއި، އާއިލާ މީހުންނަށް ބަރަހަނާ ހާލު ނިވައިކޮށް، އެ ކަމުން ރައްކާތެރިވާން، ދެން އެކައުންޓް ހަމަ ދޮވެލާނެ އެ މީހުން،" ފައިސާ ހޯދަން ޖައްސާ މަޅީގައި މީހުން ޖެހޭ ގޮތް ކިޔައިދެމުން އޭނާ ބުނީ މިހެންނެވެ.

ކޮންމެ ރެއަކު ވެސް "ޝިކާރަވެރިއަކު" ހޯދަން އަންހެން މީހާ ނުކުންނަ ކަމަށް ވެއެވެ. ފެންނަ އެކި ފިރިހެނުންނާ ސަމާސާކޮށް ވާހަކަ ދައްކަ އެވެ. އަދި އެހެން މަގުމަތިން ފެންނަ ބައެއް މީހުނަށް ދައުވަތު ދީގެން ގެންދަ އެވެ.

"ރެޔަކާއި ދުވާލަށް 10 ނުވަތަ 11 ވަރަކަށް މީހުން އެ އެޕާޓްމެންޓަށް ވައްދާ އެ ސަކަރާތް ޖަހާ، އެހެންވީމަ އަންދާޒާ ކުރެވޭ ގޮތުގައި 1،200 އެއްހާ މީހުން އެގޮތަށް އެ މީހުން ފޭރިފައި ހުރެދާނެ،" އެ އަންހެން މީހާގެ މަޅީގައި މިދިޔަ ދުވަސްތަކުގައި ޖެހުނު މީހުންގެ އަދަދު ލަފާކޮށް އޭނާ ކިޔައިދިނެވެ.

އެ އަދަދަކީ، 4 މަސް ދުވަހަށް ލަފާކޮށް އަލީ ހެދި ހިސާބެކެވެ.

 

Ads by HDC
  1. އަންނައުނު

    މުޖުތަމައުއަށް ހުރި ނުރައްކަލެއްކަމަށް ބެލެވޭމީހުންނަކީ ޓެރަރިސްޓުން އެ ފިނޑި ޓެރަރިޒަމްގެ އަމަލު ކުއްވެރި ކުރަން