ޚަބަރު

ގަދަވަޔާއެކު ގަހެއް ވެއްޓި ދެ ސައިކަލަކަށް ގެއްލުންވެއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން

މެދު ރާއްޖެތެރެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގަދަ ވަޔާއެކު, ވެލާނާގެ ކުރިމަތީގައި ހުރި ގަހެއް ބިންމައްޗަށް ވެއްޓި ގެއްލުންތަކެއް ލިބިއްޖެ އެވެ.

Ads by Hajj Corporation

ވައިބާރުވުމުގެ ސަބަބުން ވެލާނާގެ ކުރިމަތީގައި ހުރި އޮފިއެލޭ ގަސް ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 05:30 އެހާ ކަންހާއިރު ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހާދިސާގައި ދުއްވާފައ ދިޔަ ސައިކަލަކަށާއި ޕާކުކޮށްފައި ހުރި ސައިކަލަކަށް ވަނީ ގެއްލުން ވެފަ އެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ވަރެއްގެ ކޮން ގެއްލުމެއް ކަމެއް ނުބުނެ އެވެ.

އެ ކައުންސިލުން ވަނީ ވިއްސާރަ ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.

ގަދަވައިގެ ސަބަބުން ބޮޑުތަކުރުފާނު މަގު ސަން ބިލްޑިން ކައިރީގައި ހުރި ގަހެއް ވެސް ވަނީ ވެއްޓިފައެވެ.

ވައިގަދަވެ، ކަނޑު ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ވަނީ ނެރެފައެވެ.

ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރުނު އެލާޓުގައި ލަފާކޮިށްފައިވާ ގޮތުގައި ވަގުތު ގަޑިއަކު 36 މޭލާއި 42 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!