ދުނިޔެ

ބްރިކްސްއާ ގުޅެން ލަންކާ އިން ޝައުގުވެރިވެ، އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ވަނީ ބްރިކްސް ޖަމާއަތާ ގުޅެން އެގައުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، އިންޑިއާ އެ ޖަމާއަތުގައި ހިމެނުމާ އެކު އެ ޖަމާއަތަކީ "ގުޑް ބޮޑީ" އަކަށް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބްރިކްސް ޖަމާއަތާ ގުޅެން ސްރީލަންކާއިން ރަސްމީކޮށް ކުރިމަތިލާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އިންޑިއާއާ ހަމައަށް ދާނެ ކަމަށް ވިދާޅުވިއެވެ.

Ads by WAMCO

"ބްރިކްސް އަށް އިންތިޒާރު ކުރާނަން. ހަމައެހެންމެ، އަޅުގަނޑަށް ހީވަނީ، ކެބިނެޓުން ސަބް ކޮމެޓީއެއް ހަމަޖެއްސެވީ، އެކަން ބައްލަވައި، އަޅުގަނޑުމެންނަށް ލަފާ ދެއްވުމަށް. އެހެންވީމާ، އަޅުގަނޑުމެން އެކަން ދެކެން ބޭނުންވަނީ، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން ނަށް ގިނަ ގޮތްތަކެއް ލިބެން ބޭނުންވާތީ. ބޭނުން ނުވަނީ ކާކު ހެއްޔެވެ؟ އެހެންވީމަ ބްރިކްސް އަކީ ވަރަށް ރަނގަޅު ބޮޑީއެއް، ހާއްސަކޮށް އިންޑިއާ އަކީ އޭގެ ބައިވެރިއަކަށް ވާތީ،" އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި ސަބްރީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ވާހަކަ ދައްކާނީ އިންޑިއާ، ބްރިކްސްއާ ހަމައަށް ދިއުމަށް އިންޑިއާގެ އެހީތެރިކަމަށް އެދެން. ދެން ހަމަ ޔަގީނުންވެސް އަޅުގަނޑަށް ދައުވަތު ދީފައި މިވަނީ ރަޝިޔާގައި ބާއްވާ ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑު އެތަނުގައި ހުންނާނެ ކަމަށް، ދެން އަޅުގަނޑުމެން އެކަން އެސެސްކުރާނަން. އަދި އާދެ، އަޅުގަނޑަށް ހީވަނީ މިވަގުތު ޕާސަނަލީ ތިޔަބޭފުޅުން އަޅުގަނޑާ ސުވާލުކުރައްވައިފިނަމަ، އަޅުގަނޑަށް ހީވަނީ ބްރިކްސްއަށް ސީރިއަސްކޮށް ބަލަންޖެހޭކަމަށް،" އޭނާ ވިދާޅުވި އެވެ.

ބްރިކްސްއާ ގުޅެން ލަންކާ އިން ޝައުގުވެރިވެ، އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
ސްރީލަންކާއަކީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީ އެންޑް ވިޝަން ސާގަރުގެ މުހިންމު ބައިވެރިއެކެވެ.

ކޮލަމްބޯ (ސެޕްޓެމްބަރު 24) - ބްރިކްސް ޖަމާއަތާ ގުޅެން ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ޝައުގުވެރިކަން ފާޅުކުރައްވައި، އިންޑިއާ އެ ޖަމާއަތުގައި ހިމެނުމާ އެކު އެ ޖަމާއަތަކީ "ގުޑް ބޮޑީ" އަކަށް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބްރިކްސް ޖަމާއަތާ ގުޅެން ސްރީލަންކާއިން ރަސްމީކޮށް ކުރިމަތިލާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އިންޑިއާއާ ހަމައަށް ދާނެ ކަމަށް ވިދާޅުވިއެވެ.

"ބްރިކްސް އަށް އިންތިޒާރު ކުރާނަން. ހަމައެހެންމެ، އަޅުގަނޑަށް ހީވަނީ، ކެބިނެޓުން ސަބް ކޮމެޓީއެއް ހަމަޖެއްސެވީ، އެކަން ބައްލަވައި، އަޅުގަނޑުމެންނަށް ލަފާ ދެއްވުމަށް. އެހެންވީމާ، އަޅުގަނޑުމެން އެކަން ދެކެން ބޭނުންވަނީ، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން ނަށް ގިނަ ގޮތްތަކެއް ލިބެން ބޭނުންވާތީ. ބޭނުން ނުވަނީ ކާކު ހެއްޔެވެ؟ އެހެންވީމަ ބްރިކްސް އަކީ ވަރަށް ރަނގަޅު ބޮޑީއެއް، ހާއްސަކޮށް އިންޑިއާ އަކީ އޭގެ ބައިވެރިއަކަށް ވާތީ،" އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި ސަބްރީ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!