ފުލައިމީ އިން އިންޓަނޭޝަނަލް ދަތުރުތައް ފަށައިފި

ފްލައިމީ އިން އިންޓަރނޭޝަނަލް ދަތުރުތައް ފައްޓައިފިއެވެ.
އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާއެކު ފެށި މި ދަތުރުތަކުގެ ފުރަތަމަ މަންޒިލަކީ ކޮލޮމްބޯއެވެ.
އިންޓަނޭޝަނަލް ދަތުރުތަކާއި ގުޅިގެން ވިލާ އެއާގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުﷲ ނާޝިދު އަވަސް އަށް ވިދާޅުވީ ފްލައިމީ އަށް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ އިއްޔެ ކަމަށާއި އެންމެ ފުރަތަމަ ފުލައިޓު ބާއްވާފައި ވަނީ މިއަދު ކަމަށެވެ.
ލަންކާގެ ބޯޑަރު މުޅިން ހުޅުވާލުމުން ރަޓަމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ފުލައިޓުތައް ފަށާނެ ކަމަށް ވެސް ނާޝިދު ވަނީ ވިދާޅުވެފައެވެ. އަދި ފްލައިޓުތައް ފެށިގެން ދާއިރުގައި އެކަށީގެންވާ އަގެއްގައި ދިވެހިންނަށް ޓިކެޓު ލިބިގެންދާނެ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.