ޚަބަރު

މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދޭން ފާސްކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ވެރިރަށް މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދޭން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

Ads by Sosun Fihaara

ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި ނަން ނުދީ އޮތް ދެ މަގެއް އެބައޮތް ކަމަށެވެ. އެހެންވެ އެ ދެ މަގުން ކުރެ އެއް މަގަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނުގެ ނަމާ ގުޅުވައި ނަމެއް ދިނުމާމެދު މޭޔަރުގެ ހިޔާލު ހުށަހެޅި އެވެ.

"ފަލަސްތީނަކީ އަޅުގަނޑުމެންގެ ހިތާއި ވަރަށް ގުޅިފައި ހުރި ތަނެއް'' އެކަން ހުށަހަޅަމުން އާޒިމް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރަކު ފިޔަވާ ހުރިހާ މެމްބަރުން ވަނީ މާލޭ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ތާއީދުކޮށްފަ އެވެ. އެކަމަކަށް ތާއިދު ނުކުރީ މައްޗަންގޮޅި އުތުރުގެ ޕީއެންސީގެ ކައުންސިލަރު ސައީދާ ރަޝާދު އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!