ދުނިޔެ

ގޫގުލް އިން ފޮކްސްކޮން އާއި ގުޅިގެން އިންޑިއާގައި ޕިކްސެލް ފޯނުތައް އުފައްދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަލްފާބެޓްގެ ގޫގުލް (GOOGL.O) އިން އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ތަމިލް ނާޑޫގައި ޕިކްސެލް ސްމާޓްފޯނު އުފެއްދުމަށް ރާވާފައިވާއިރު، ޓައިވާންގެ ފޮކްސްކޮން (2317.TW) އާ ގުޅުން ބަދަހިކޮށްފައިވާ ކަމަށް ސީދާ މައުލޫމާތު ލިބިފައިވާ ދެ ފަރާތަކުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
"އެ ސްޓޭޓްގައި ސްމާޓްފޯނުތަކުގެ އެންމެ ފަހުގެ މޮޑެލްތައް އުފައްދާނީ... މިހާރު ހުރި ފޮކްސްކޮން ފެސިލިޓީގައި (ތަމިލް ނާޑޫގައި)،" މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނުލިބޭތީ ނަން ނުޖެހުމަށް ޝަރުތުކޮށް އެކަކު ބުންޏެވެ.

Ads by WAMCO

ފޮކްސްކޮން އިން މިހާރު ވެސް އެޕަލް (އޭއޭޕީއެލް.އޯ) ގެ އައިފޯންތައް އެސެމްބްލް ކުރަނީ ތަމިލް ނާޑޫގެ ޗެންނާއީ ކައިރީގައި ހުންނަ ފެސިލިޓީއެއްގަ އެވެ.
ބެއިޖިން އާއި ވޮޝިންޓަންއާ ދެމެދު ޖިއޮޕޮލިޓިކަލް ޓެންޝަންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ޗައިނާއިން ބޭރުގައި ސަޕްލައި ޗޭން ޑައިވަރސިފައި ކުރުމަށް ބޮޑެތި ގްލޯބަލް އުފެއްދުންތެރިން ދަނީ އިންޑިއާ އަށް އޮޕްޝަނެއްގެ ގޮތުގައި ބަލަމުންނެވެ.

"ތަމިލް ނާޑޫގައި ކުރާ އިންވެސްޓްމަންޓަކީ ޑިކްސަން (ޑިކްސޯ.އެންއެސް) އާއި ގޫގުލް (އިންޑިއާގައި ސްމާޓްފޯނު ހެދުމަށް) އާއި ދެމެދު ރިޕޯޓްކޮށްފައިވާ ގުޅުމާ ވަކި އިންވެސްޓްމަންޓެއް،" މަސްދަރު ވިދާޅުވި އެވެ .

ނިއުސް ވެބްސައިޓް މަނީކޮންޓްރޯލް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ގޫގުލްގެ ޕްލޭންތަކާ ބެހޭ ގޮތުންނެވެ.

ގޫގުލް، ފޮކްސްކޮން އަދި ތަމިލް ނާޑޫ ސަރުކާރުން ވެސް ރޮއިޓާސް އިން އެކަމަށް އެދުމުން ވަގުތުން ޖަވާބެއް ނުދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!