ޚަބަރު

ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ދިވެހި ރައްޔިތުންގެ ނަމުގައި، ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލާސްކަންފުޅާ އުޅުއްވާތީ އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޯސްޓު ކުރައްވައިފި އެވެ.

Ads by STELCO

ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ފަރުވާ ފުރިހަމައަށް ލިބިވަޑައިގެން، އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

ސައުދީ ރަސްގެފާނު ސަލްމާން އުޅުއްވަނީ ފުއްޕާމޭގެ އަލާސްކަންފުޅެއްގައެވެ. އެ ކަން އެނގުނީ ހުންގަދަވެ، ހުޅުތަކުގައި ރިއްސާތާ ދުވަސްތަކެއް ވުމުން ޓެސްޓްތަކެއް ހެއްދެވުމަށް ފަހުއެވެ.

މިހާރު އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ސަލްމާން ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރުގައެވެ. އެއީ އޭރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމާ އެކުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!