ޚަބަރު

އެއާޕޯޓުގައި ހުރި ދިވެއްސެއްގެ ލަގެޖުން ފަސް ކިލޯގެ ޑްރަގް ފެނި، މީހާ ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުރި ދިވެހި ފިރިހެނެއްގެ ލަގެޖުން ފަސް ކިލޯގެ މަސްތުވާތަކެތި ފެނި، އޭނާ ހައްޔަރުކޮށްފި އެވެ.

Ads by MWSC

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ބަންދަށް ޖަހައިފަ އެވެ. އެއީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެ ލަގެޖު އިންޓަނޭޝަނަލް ޓާމިނަލުން ޑޮމެސްޓިކް ޓާމިނަށް އެ މިހާ ގެންދިޔަ އެވެ. އެ ގޮތަށް ގެންދިޔައީ އެއާޕޯޓުގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުގެ ޝޮޓްތަކުގެ އިތުރުން ލަގެޖުން ފެނުނު ތަކެތި ތަހުލީލުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވެސް ކޯޓަށް ހުށަހަޅާފަ އެވެ.

ހައްޔަރުކުރި މީހާ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. އެ ލަގެޖު ގެންދިޔައީ މީހަކު ބުނެގެން ކަމަށާއި އެއީ އޭނާގެ ލަގެޖެއް ނޫން ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

Ads by Ooredoo
  1. މިން

    ކީއްކުރަން ތި ވާހަކަ ތި ލިޔަނީ. ރައްޔިތުން ގުނބޯ ހައްދަންތަ. ތި މީހާ މިހާރުވާނީ ދޫކޮށްލާފަ. ތިވިއްކައިގެން ބައި އެޅޭނީ ބޮޑުންނަށް. ގޭގެއަށް ބޯފެން ފުޅި ގެންދާ ގޮތަށް ތި ތަކެއްޗާ ރާ މި ފުރަމާލޭގައި ރެޔާދުވާލު ޑިލިވަރ ކޮށްދޭ. ތީ ހައްތާވެސް ބޮޑުންގެ ޖީބަށް ވަންނަ ފައިސާ. ތި ކަމެއް ނުހުއްޓޭނެ. ނުހުއްޓުވާނެ. ހޯމް މިނިސްޓަރާ، އެއަރޕޯރޓް ސެކިއުރިޓީންނާ ޕޮލިހުން އިސްތިއުފާ.