ފަލަމަސްގަނޑުގައި ތަތްކުރި ޓޭޕެއްގައި ޑްރަގް ހަރުކޮށްގެން އެތެރެކުރަނިކޮށް އަތުލައިގެންފި

ފައިގެ ފަލަމަސްގަނޑުގައި، ޑަކް ޓޭޕެއް އަޅާފައި އޭގައި މަސްތުވާތަކެތި ހަރުކޮށްގެން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް، އެ މީހަކު އަތުލައިގެންފި އެވެ.
މި މައްސަލާގައި ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހާފައިވެ އެވެ.
ކޯޓު އަމުރު ބުނާ ގޮތުން އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ފުލައި ދުބާއީގެ ފްލައިޓަކުން އައި މީހެކެވެ. އޭނާ އެއާޕޯޓުގައި ހުއްޓައި ކަސްޓަމްސްއިން ބެލިިއުރު ކަނާތު ފައިގެ ފަލަމަސްގަނޑުގައި އަޅާފައިވާ ޑަކް ޓޭޕްގެ ޕެކިންގައި 300 ގުރާމު ހުރެގެން ބެލި އިރު މަސްތުވާތަކެތި ފެނިފައިވެއެވެ.