ދުނިޔެ

ޗައިނާގެ އިންޖިނިއަރުން މަރާލުމުގައި ބައިވެރިވި 11 ހަނގުރާމަވެރިއަކު ޕާކިސްތާނުން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ބޯޑަރު އޮންނަ ޕާކިސްތާނުގެ އުތުރުގައި މިދިޔަ މާޗް މަހު ޗައިނާގެ ފަސް އިންޖިނިއަރުން ޝަހީދުކޮށްލި ބޮމުގެ ހަމަލާގައި ބައިވެރިވި އިސްލާމް ދީނުގެ 11 ހަނގުރާމަވެރިއަކު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމްޗީފް ރާއީ ތާހިރާއި ދާޚިލީ ވަޒީރު މުހްސިން ނަކްވީ ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

ހައްޔަރުކުރި މީހުންނަކީ ސުންނީ އިސްލާމްދީނާއި ދީނީ ހަނގުރާމަވެރި ޖަމާއަތްތައް ހިމެނޭ ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ނަމަކަށް ކިޔާ ލޯކަލް ތާލިބާން ޖަމާއަތަށް ނިސްބަތްވާ މީހުންނެވެ.

ޓީޓީޕީގެ އަމާޒަކީ ސަރުކާރު ވައްޓާލައި އޭގެ ބަދަލުގައި ހަރުކަށި ބްރޭންޑެއްގެ އިސްލާމީ ޝަރީޢަތެއް ގެނައުމެވެ.

ތާހިރު ވިދާޅުވީ ބޮން ގޮއްވާލި މީހާ އޭނާގެ ލޯކަލް ހޭންޑްލަރުންނާ މުއާމަލާތް ކުރުމަށް ބޭނުންކުރަމުން ދިޔަ ފޯނުގެ ސަބަބުން އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އަފްޣާނިސްތާނުގައި ތިބި ޓީޓީޕީގެ ލީޑަރުންގެ އިރުޝާދުތައް ހަނގުރާމަވެރިން ނަގަމުން ދިޔަކަން ތަހުގީގާއި ހެކިތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން މީގެ ކުރިން ވެސް ބުނެފައި ވަނީ ހަމަލާ ދޭން ރާވާފައި ވަނީ އަފްޣާނިސްތާނުގައި ކަމަށާއި ބޮން ގޮއްވާލި މީހާއަކީ ވެސް އަފްޣާނިސްތާނުގެ ރައްޔިތެއް ކަމަށެވެ.

އަފްޣާނިސްތާނުން ހަރަކާތްތެރިވަމުން ދިޔަ ޓީޓީޕީގެ ހަނގުރާމަވެރިން އެކަމުގައި ބައިވެރިވާކަން ސާބިތުކޮށްދޭ ފޮރެންސިކް ހެކި އެބަހުރި،" މިނިސްޓަރު ނަކްވީ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޑޭމެއްގައި މަސައްކަތް ކުރާ ޗައިނާގެ އިންޖިނިއަރުންގެ ގާފިލާއަކަށް މިދިޔަ މާޗް މަހު ދިން ބޮމުގެ ހަމަލާގައި ފަސް އިންޖިނިއަރުންނާއި ލޯކަލް ޑައިވަރަކު ވަނީ މަރުވެފަ އެވެ.

ކާބުލް އިން މީގެ ކުރިން ބުނެފައި ވަނީ ޕާކިސްތާނުގައި ހަމަނުޖެހުންތައް އިތުރުވުމަކީ އިސްލާމްއާބާދަށް ދިމާވެފައިވާ ދާހިލީ މައްސަލައެއް ކަމަށެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން މިފަހަކަށް އައިސް ވަނީ ހީނަރުވެފަ އެވެ. ޕާކިސްތާނަށް އަމާޒުކުރާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކާބުލް އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް އިސްލާމްއާބާދުން ބުނެފި އެވެ.

މިނިސްޓަރު ވިދާޅުވީ ހަމަލާ ދިން މީހާ އާއި އޭނާގެ ފެސިލިޓޭޓަރަށް އަފްޣާނިސްތާނުން އިރުޝާދު ދެމުން ދިޔަ ޓީޓީޕީގެ އިތުރު ތިން މެމްބަރަކު ހައްޔަރު ކުރުމަށް ކާބުލްގެ ފަރާތުން ގާނޫނީ އެހީތެރިކަން ހޯދާނެ ކަމަށެވެ.

އަފްޣާނިސްތާނުން ބޭނުންވަނީ މި ޓެރަރިސްޓުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. ނޫނީ އެތަނުގައި ޓްރައި ކޮށްލާ، ނޫނީ އަޅުގަނޑުމެންނާ ހަވާލުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!