ޚަބަރު

މާލެ ހަމަރޯޅިގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.

Ads by MWSC

އެމްއެންޑީއެފްއިން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ހަމަރޯޅި ގޭގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 4:35 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، 5:14 ހާއިރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެ ގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަދި މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު އެމްއެންޑީއެފްއިން ހިއްސާކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!