ޔޫތު މިނިސްޓްރީގެ ސިޔާސަތުތައް ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދަނީ

ޔޫތު، އާޓްސް، އަދި މީޑިއާ މިނިސްޓްރީގެ ސިޔާސަތުތައް ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ހޯދަނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ ފަރާތެކެވެ.
މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 25،000 ރ. އެވެ. އަދި މަސައްކަތް ކުރަން ޖެހޭނީ ރަސްމީ ގަޑީގައި އެކަންޏެވެ.
ކޮންސަލްޓެންޓް ކުރަން ޖެހޭ ބައެއް މަސައްކަތްތައް؛
- ސިޔާސަތުތައް ތައްޔާރު ކުރުން
- މިނިސްޓްރީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުން
- ޕްލޭން ތަންފީޒުކުރުމުގެ އިދާރީ ކަންކަން ބެލެހެއްޓުން
- ޕްލޭންގެ ނަތީޖާ ރިވިއު ރިޕޯޓް ތައްޔާރު ކުރުން
- ބޭރުގެ އެހީ ލިބޭ، ބައިލެޓަރަލް/މަލްޓިލެޓަރަލް ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ބައިވެރިވުން
މަގާމުގެ ޝަރުތަކީ، ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއްގެ (ފުުރަތަމަ ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ) ސަނަދެއް ހާސިލް ކޮށްފައި ވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ކޮންސަލްޓެންސީގެ ދާއިރާއެއްގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
ނުވަތަ، ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ނުވައަކުން ފެށިގެން (މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ކޮންސަލްޓެންސީގެ ދާއިރާއެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
މަގާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި ހުށަހަޅާނީ 05 ޖޫން 2024 ވާ ބުދަ ދުވަހު 13:00 ގެ ކުރިން، އީމެއިލް [email protected] މެދުވެރިކޮށެވެ.