މާލެ ޒިޔާރަތްތައް ރަނގަޅު އަގެއްގައި ވެލި ލައިދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާންކޮށްފި

ކަޅުވަކަރު މިސްކިތާއި މާލޭގެ ތިން ޒިޔާރަތްތަކަށް، ރަނގަޅު އަގެއްގައި ވެލި ލައިދޭނެ ބަޔަކު ނުވެގެން ތިންވަނަ ފަހަރަށް ބަޔަކު ހޯދަން ނޭޝަނަލް ސެންޓާ ފޮ ކަލްޗަރަލް ހެރިޓޭޖުން އިއުލާންކޮށްފި އެވެ.
ކަޅުވަކަރު މިސްކިތުގެ އިތުރުން ހުކުރު މިސްކިތާއި ބޮޑު ތަކުރުފާނު ޒިޔާރަތާއި އަލިރަސްގެފާނު ޒިޔާރަތަށް ވެލި ލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް އެންމެ ފަހުން އިއުލާން ކުރީ މިދިޔަ މަހު އެވެ.
ތިންވަނަ ފަހަރަށް އިއުލާން ކުރީ އެކަށީގެންވާ އަގެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.
މި ބީލަމުގެ މައުލޫމާތު ސާފު ކުރުމަށް ބާއްވާ ޕްރީ-ބިޑް މީޓިން އޮންނާނެ ކަމަށް އިއުލާނުގައި ވަނީ ޖޫން ފަސްވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ދާރުލްއާސާރު ބިލްޑިންގަ އެވެ.
ބީލަން ހުށަހެޅުން އޮތީ ޖޫން 12 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ދާރުލްއާސާރު ބިލްޑިންގަ އެވެ.