މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް ނުރައްކާތެރި ވައިރަސް ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

Ads by STELCO

"ޕިންކް ވިލާ" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ކަނީކާ އަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ލަންޑަންގައި ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން ކަނީކާ އިންޑިއާ އައުމަށްފަހު ވަނީ 100 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ޕާޓީއެއް ބާއްވާފައެވެ.

ަކަނީކާ ލަންޑަން އިން އެނބުރި އައީ މިދިޔަ ހަފްތާ އާދިއްތަ ދުވަހެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވި 14 ދުވަހުގެ ޓްރެވަލް ހިސްޓްރީ ވެސް ކަމާއި ބެހޭ ފަރާތްތަކަށް އޮޅުވާލާއި ސިއްރުކޮށްފައެވެ.

ކަނީކާ އަކީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ބޮލީވުޑްގެ ތަރިއެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ދަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އިވެންޓްތަކަށް ނުގޮސް އަމިއްލައަށް އެކަހެރި ޙާލަތަށް ދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!