ދުނިޔެ

ޓައިވާނުން ޗައިނާގެ 13 އަސްކަރީ މަތިންދާބޯޓާއި 9 އުޅަނދެއް ޓްރެކްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންގާރަ ދުވަހު (މެއި 28) އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ (މެއި 29) ހެނދުނު 6:00 އާ ދެމެދު ޗައިނާގެ އަސްކަރީ 13 މަތިންދާބޯޓާއި ކަނޑުގެ ފަސް އުޅަނދާއި ކޯސްޓްގާޑުގެ ހަތަރު އުޅަނދެއް ވަނީ ޓްރެކްކޮށްފަ އެވެ.

Ads by WAMCO

ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ 13 މަތިންދާ ބޯޓުގެ ތެރެއިން އެއް މަތިންދާބޯޓު ޓައިވާން ކަނޑުއޮޅި މީޑިއަން ލައިން ހުރަސްކޮށް، އަނެއް މަތިންދާބޯޓު އެ ގައުމުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) ގެ ހުޅަނގު ދެކުނު ފަރާތަށް ވަދެ، ޗައިނާގެ އެއް ޑްރޯން ދަތުރުކުރީ އޭޑީއައިޒެޑްގެ ދެކުނު ފަރާތުގައި ކަމަށް އެމްއެންޑީއިން ބުނެއެވެ.

އޭގެ ރައްދުގައި ޓައިވާނުން ވަނީ މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތައް ފޮނުވައި، ޕީއެލްއޭގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ކޯސްޓަލް ބޭސްޑް މިސައިލް ސިސްޓަމްތައް ބަހައްޓާފަ އެވެ.

މިމަހުގެ މިހާތަނަށް ޓައިވާނުން ވަނީ ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް 403 ފަހަރު އަދި ނޭވަލް/ކޯސްޓްގާޑުގެ އުޅަނދުތައް 243 ފަހަރު ޓްރެކްކޮށްފައެވެ. 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން ހަރަކާތްތެރިވާ އަސްކަރީ މަތިންދާ ބޯޓުތަކާއި ކަނޑުގެ އުޅަނދުތަކުގެ އަދަދު އިތުރުކޮށް ގްރޭ ޒޯން ޓެކްޓިކްސް ބޭނުންކުރުން އިތުރުކޮށްފައެވެ.

ގްރޭ ޒޯން ޓެކްޓިކްސް މާނަކޮށްފައި ވަނީ "ސީދާ އަދި ބޮޑު ބާރުގެ ބޭނުން ނުކޮށް، ސަލާމަތީ މަގްސަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތެއް ނުވަތަ ސިލްސިލާއެއް" ގެ ގޮތުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!