ޚަބަރު

މެލޭޝިއާއާ އެކީ އަސްކަރީ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، މެލޭގެ ޑިފެންސް މިނިސްޓަރާއެކު - ފޮޓޯ: ޑިފެންސް

މެލޭޝިއާއާ އެކު އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކޮށްފި އެވެ.

Ads by Sosun Fihaara

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއާގެ ގައުމުތަކުގެ ޑިފެންސް ސަމިޓް، "ޝަންގްރިއްލާ-ޑައިލޮގް" ގެ ހަވާސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި މެލޭޝިއާގެ ޑިފެންސް މިނިސްޓަރު ދާތޯ ސެރީ މުހައްމަދު ޚާލިދު ބިން ނޯޑިންއާ ބައްދަލު ކުރެއްވި އެވެ.

އެ ބައްދަލުވުންތަކުގެ ފޮޓޯތަކާއެކު، ޑިފެންސް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް، ދެ ގައުމުގެ ދިފާއީ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!