ފިލިޕީންސް ސިފައިން ޗައިނާގެ ކޯސްޓްގާޑަށް ބަޑި ދިއްކޮށްފި
ފިލިޕީންސްގެ އުޅަނދެއްގައި ތިބި ސިފައިން މިދިޔަ މަހު ދެކުނު ޗައިނާ ކަނޑުގެ ދެބަސްވެފައިވާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑަށް ބަޑި ދިއްކުރި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
ސެކަންޑް ތޯމަސް ޝޯލް ކައިރީގައި އޮތް ފިލިޕީންސްގެ ބޯޓުގައި ތިބި ދެ މީހަކު ޑެކްމަތީގައި ހަތިޔާރު ހިފައިގެން ޗައިނާގެ ކޯސްޓްގާޑާ ދިމާލަށް އިޝާރާތް ކުރަމުން ދިޔަ ކަމަށް ސީސީޓީވީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އެއާއެކު 29 ސިކުންތުގެ ވީޑިއޯއަކުން ފެންނަގޮތުގައި މޫނު ނިވާކޮށްގެން ހުރި މީހަކު ވަގުތުކޮޅަކަށް ރައިފަލަކާ އެއްފަދަ ކަޅު ކުލައިގެ އެއްޗެހި ހިފަހައްޓައިގެން ހުއްޓެވެ.
ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ބްރޫނާއީއިން ބުނާ ބައިތައް ހިމެނޭ ގޮތަށް އަހަރަކު ތިން ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ އުޅަނދުފަހަރުން ދަތުރުކުރާ ވިޔަފާރީގެ ބަނދަރެއް ކަމަށްވާ ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް މުޅި ސަރަހައްދަށް ޗައިނާއިން ދަޢުވާކުރެއެވެ. ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން 2016 ވަނަ އަހަރު ބުނެފައި ވަނީ ޗައިނާއިން ދައްކާ ވާހަކަތަކަކީ ގާނޫނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ސީސީޓީވީން ބުނީ މި ހާދިސާ ހިނގާފައިވަނީ ފިލިޕީންސްގެ ސިފައިން ސަޕްލައި ކުރުމަށް ކުރަމުން ދިޔަ މިޝަނެއްގެ ތެރެއިން ކަމަށެވެ. މި ސިފައިން ތިބީ 1999 ވަނަ އަހަރު މެނީލާ އިން އެ ގައުމުގެ އިސްތިގުލާލުގެ ދަޢުވާތައް ހަރުދަނާ ކުރުމަށް ޓަކައި ބިންގާ އެޅި ރަސްޓިންގ ހަނގުރާމަމަތީ އުޅަނދެއްގައެވެ.
ފިލިޕީންސްގެ ނޭވީ އާއި ކޯސްޓްގާޑާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިތުރުން ބެއިޖިންގައި ހުންނަ އެ ގައުމުގެ އެމްބަސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޗައިނާގެ ދިފާއީ ވަޒީރު ބައިވެރިވެވަޑައިގެންނެވި ހުކުރު ދުވަހު ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ދެއްކެވި ވާހަކަފުޅުގައި، ދެކުނު ޗައިނާ ކަނޑުގައި ގާނޫނާ ހިލާފަށް، ބާރުގަދަ އަދި ހަރުކަށި އަމަލުތައް ހިންގަމުންދާ ކަމަށް ވިދާޅުވެ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މޫދުގައި "ސުލްހައާއި ހަމަޖެހުމާއި ތަނަވަސްކަން" ހޯދުމުގެ ވިސްނުމަށް އުނިކަން އަންނަ ކަމަށް ވިދާޅުވެ، ބެއިޖިންއަށް ވަރަށް ތުނިކޮށް އިޝާރާތް ކުރެއްވި އެވެ.
ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސާއި ޗައިނާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރަށް ނުތަނަވަސްވެ، ގިނަވަމުން އަންނައިރު، ޗައިނާގެ ކޯސްޓްގާޑުން ފެންބަޑިބޭނުންކުރުމާއި، ފިލިޕީންސްގެ އުޅަނދުފަހަރަށް ހަމަލާދީފައިވާ ކަމަށް މެނީލާއިން ތުހުމަތުކުރެއެވެ.