އީރާން އިން ޗައިނާގެ އެންބެސެޑަރު ހާޒިރު ކުރަނީ

އީރާނުގެ ޚާރިޖީ ވުޒާރާއިން ތެހެރާނުގައި ހުންނަވާ ޗައިނާސަފީރު ހާޒިރުކޮށް، ޔޫއޭއީއިން ވެސް ދަޢުވާކުރާ ތިން ރަށެއްގެ މައްޗަށް އީރާނުގެ އިސްތިގުލާލާ ގުޅޭ ގޮތުން ޗައިނާ-ޔޫއޭއީއިން ނެރުނު ބަޔާނާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
އަބޫ މޫސާ އާއި ގްރޭޓާ އެންޑް ލެސަރ ޓުންބު ގެ ނަމުން ނަން ދީފައިވާ މި ރަށްތަކަކީ 1971 ވަނަ އަހަރުން ފެށިގެން އީރާނުގެ ބާރުގެ ދަށުގައި އޮތް ރަށްތަކެކެވެ.
ޔޫއޭއީ-ޗައިނާގެ ހިއްސާގެ ބަޔާނެއްގައި ހަގީގަތެއް ނެތް ވާހަކަތަކަށް ޗައިނާއިން ތާއީދު ކުރާތީ އީރާނުގެ އިއުތިރާޒު ތެހެރާނުގައި ހުންނަ ޗައިނާގެ ސަފީރަށް ވަނީ ފާޅުކޮށްފައި،" ދައުލަތުގެ މީޑިއާއިން ބުނެފައިވެ އެވެ.
ޗައިނާއަކީ ފާއިތުވި ދިހަވަރަކަށް އަހަރު އީރާނުގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ބައިވެރިޔާއެވެ.
"އީރާނުގެ ޚާރިޖީ ވުޒާރާއިން ބާރުއަޅަނީ އެ ތިން ރަށަކީ އެގައުމުގެ ފަސްގަނޑުގެ ދާއިމީ ބައެއް ކަމަށާއި ޗައިނާއިން މިކަމުގައި ގެންގުޅޭ ސިޔާސަތު ރަނގަޅުކުރާނެ ކަމަށް އުއްމީދުކުރަން"، އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.