ދުނިޔެ

އަރުނާޗަލް ޕްރަދޭޝްގައި މިފަހަރު ވެސް ބީޖޭޕީގެ ސަރުކާރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީން ޗައިނާއާ ގުޅިފައިވާ ސްޓޭޓެއް ކަމަށްވާ އަރޫނާޗަލް ޕްރަދޭޝްގެ ސަރަހައްދީ ވޯޓު ކާމިޔާބުކޮށްފައިވާއިރު، ހިމާލިއާ ސްޓޭޓެއް ކަމަށްވާ ސިއްކީމްގެ ސަރަހައްދީ ވޯޓް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށް އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކުން އާދީއްތަ ދުވަހު ބުނެފި އެވެ.

Ads by Sosun Fihaara

އަރޫނާޗަލް ޕްރަދޭޝް އާއި ސިއްކީމްގެ ޕްރޮވިންސް އިންތިހާބު އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ބޭއްވިއިރު، ގައުމީ އިންތިހާބުގެ ފުރަތަމަ ފިޔަވަހީގެ ވޯޓުލުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަރޫންޗަލް ޕްރަދޭޝްގެ ވެރިކަން ބީޖޭޕީން ފަސޭހަކަމާއެކު ދަމަހައްޓާފައިވަނީ 60 ގޮނޑީގެ ތެރެއިން 46 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ސޯޝަލް މީޑިއާ އެކްސްގައި މޯދީ ވިދާޅުވީ އަރޫނާޗަލް ޕްރަދޭޝްގެ ރައްޔިތުން "ތަރައްގީގެ ސިޔާސީ ކަންކަމަށް ވަރަށް ސާފު މެންޑޭޓެއް" ދީފައިވާ ކަމަށެވެ.

ބީޖޭޕީގެ އިސް ސިޔާސީ ބޭފުޅެއް ކަމަށްވާ އަޝޯކް ސިންގަލް ވިދާޅުވީ، އަންގާރަ ދުވަހު އިއުލާން ކުރާ ގައުމީ އިންތިހާބުގެ ނަތީޖާގެ ކުރިން އެ ނަތީޖާއަކީ ފަރުދާ އުފުލާ ނަތީޖާއެއް ކަމަށެވެ.

"މިއީ ޖޫން ހަތަރު ވަނަ ދުވަހު ރިއަލް ޝޯގެ ކުރިން ގެނެސްދޭ ޓްރެއިލާއެއް. ބޮޑުވަޒީރު މޯދީ ކާމިޔާބު ކުރައްވާނެ ބޮޑު ކާމިޔާބީ ފެށުނީ އަރޫނާޗަލް ޕްރަދޭޝްއިން،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ފަރާތްތަކާއި ތަޖުރިބާކާރުން ބުނަނީ ސްޓޭޓްތަކުގެ އިންތިހާބަކީ އާންމު އިންތިހާބުގެ ނަތީޖާއަށް އަބަދުވެސް ނުފޫޒު ފޯރުވާ އިންތިހާބެއް ނޫން ކަމަށާއި ނަމަވެސް ހޮނިހިރު ދުވަހު އެގްޒިޓް ޕޯލްތަކުން މޯދީގެ ކޯލިޝަން ނެޝަނަލް އިންތިހާބަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ.
ސިއްކީމްގައި 2019 ވަނަ އަހަރު ބޭއްވި ގައުމީ އިންތިހާބަށް ބީޖޭޕީއާ ގުޅިފައިވާ ސަރަހައްދީ ޕާޓީއެއް ކަމަށްވާ ސިއްކީމް ކްރާންތީކަރީ މޯރްޗާ އިން ބޮޑު ތަފާތަކުން ކާމިޔާބު ހޯދީ ސްޓޭޓް އެސެމްބްލީގެ 32 ގޮނޑީގެ ތެރެއިން 31 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ސިއްކީމްގެ އެއްވެސް ގޮނޑިއެއް ބީޖޭޕީ އަށް ވެސް އަދި ނޭޝަނަލް އޮޕޮޒިޝަން ކޮންގްރެސް ޕާޓީއަށް ވެސް ލިބިފައެއް ނުވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!