ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިންނާ، ފޮރިން މިނިސްޓަރު ބައްދަލު ކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު މޫސަ ޒަމީރު، ލަންކާގައި ދިރިއުޅޭ ދިވެހިންނާއެކު -ފޮޓޯ: ފޮރިން މިނިނސްޓްރީ

ތިން ދުވަހުގެ މުއްދަތަކަށް އަވައްޓެރި ސްރީލަންކާގައި ފޮރިން މިނިސްޓަރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ މިނިސްޓަރު މިއަދު ބައްދަލު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ލަންކާގައި އުޅޭ ދިވެހިންނަށް ބޭއްވި އެ ބައްދަލުވުން އޮތީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. އެ ބައްދަލުވުމުގައި ލަންކާގައި އުޅޭ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދިނުމަށް ވާހަކަތަކެއް ދެކެވުނު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ދިވެއްސަކު މައުލޫމާތު ދިނެވެ.

މިނިސްޓަރު ޒަމީރު ލަންކާއަށް ވަޑައިގެންނެވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށެވެ.

މި ދަތުރުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު، ޑިނޭޝް ގުނަވަދެނާއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!