ދުނިޔެ

ޓައިވާނުގެ މިނިވަންކަން "ގަދަބާރުން" ހުއްޓުވަން ޗައިނާ އޮތީ ތައްޔާރަށް: ޑިފެންސް މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޑިފެންސް މިނިސްޓަރު ޑޮންގް ޖޫން ވިދާޅުވީ ޓައިވާނުގެ މިނިވަންކަން "ގަދަކަމުން" ހުއްޓުވަން އެގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.

Ads by Sosun Fihaara

ސިންގަޕޫރުގައި އާދީއްތަ ދުވަހު ބޭއްވި ޝަންގްރިއްލާ ޑައިލޮގް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑޮންގް ވިދާޅުވީ ޓައިވާނުގެ އަމިއްލަ ވެރިކަން ކުރާ ޑިމޮކްރަސީއަކީ ޗައިނާއަށް "މައިގަނޑު މައްސަލަތަކުގެ މައިގަނޑު އަސާސް" ކަމަށާއި ނަމަވެސް ޓައިވާނުގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) އިން ދަނީ ވަކިވެގަތުމުގެ އަމަލުތައް އިތުރުކޮށް ޗައިނާގެ އައިޑެންޓިޓީ ފޮހެލަން މަސައްކަތް ކުރަމުން ކަމަށެވެ.

ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭއިރު، އެއްބައިވަންތަކަން ހާސިލްކުރުމަށް ބާރުގެ ބޭނުން ކުރުމަކީ ޗައިނާއިން އިންކާރުކުރާ ކަމެއް ނޫނެވެ.

މެއި މަހުގެ 20 ވަނަ ދުވަހު ރައީސް ވިލިއަމް ލައި ޗިންގް-ޓޭ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އެ ގައުމުން ވަނީ އެ ރަށުގެ ވަށައިގެން ދެ ދުވަހުގެ ހަނގުރާމައިގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފަ އެވެ. ލައި އާއި ޑީޕީޕީން ބުނަނީ އެމީހުންގެ މުސްތަގުބަލް ކަނޑައެޅުމަކީ ޓައިވާނުގެ ރައްޔިތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ބެއިޖިން އިން އޭނާ ސިފަކުރަނީ "ވަކިވެގަތް" ބޭފުޅެއްގެ ގޮތުގަ އެވެ.

"ދާދި ފަހުން އެ ވަކިވެގަތް މީހުން ވަނީ ޗައިނާ ގައުމާއި ކާބަފައިންނަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވާ ފަދަ ހަރުކަށި ވާހަކަތަކެއް ދައްކައިފަ އެވެ. ތާރީހުގައި ވެސް ލަދުވެތިކަމުގެ ތަނބުގައި އެ މީހުން ވެއްޓޭނެ،" ޑޮންގް ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ބޭއްވި ފޯރަމްގައި ޑޮންގް ވިދާޅުވީ ޗައިނާޕީޕަލްސް ލިބަރޭޝަން އާމީއަކީ އަބަދުވެސް މާދަރީ އެއްބައިވަންތަކަމުގެ ދިފާއުގައި ނުހަލާކު އަދި ބާރުގަދަ ބާރެއް ކަމަށާއި ޓައިވާނުގެ މިނިވަންކަން ނިގުޅައިގަތުމަށާއި އެ ގައުމުން ކުރާ މަސައްކަތްތަކަށް ކާމިޔާބެއް ނުލިބޭނެ ކަން ކަށަވަރު ކުރުމަށް ކޮންމެ ވަގުތަކު ވެސް ސާބިތުކަމާއި ގަދަބާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ޓައިވާނާއި ޗައިނާ ވަކިކުރަން ހިތްވަރުކުރާ މީހާ ކުދިކުދިވެ އަމިއްލަ އަށް ހަލާކުވާނެ އެވެ.

ޗައިނާގެ މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޓައިވާނުގެ ސަރުކާރުން ބުނީ، "ހަރުކަށި އަދި ބުއްދި ނެތް" ވާހަކަތަކާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!