ކުޅިވަރު

ހޮޑުލެވުމާއި ފާޚާނާއަށް ދެވުން، ކޮވިޑް19 ގެ ފުރަތަމަ އަލާމާތް

ދެން އެމްވީ ، ދެން އޮންލައިން

ގަދައަށް ހޮޑުލެވި ފާޚާނާއަށް ދެވުމަކީ ވައިރަހުގެ އެންމެ ފުރަތަމަ އަލާމާތްކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ގައި ބަލި ޖެހުނު 204 މީހުން ހިމަނައިގެން ކުރި މި ދިރާސާގައި ވައިރަހަށް ޕޮސިޓިވް ވުމުގެ ކުރިން އޭގެ ތެރެއިން 48 އިންސައްތަ މީހުން މި މައްސަލަތައް މެދުވެރިވެގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކުރިން ހަޖަމު ކުރުމުގެ ނިޒާމުގައި އެއްވެސް ކަހަލަ މައްސަލައެއް ނުހުންނަ މީހުން ކަން ވެސް ދިރާސާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން 83 އިންސައްތަ މީހުންނަށް ކާހިތްނުވުމުގެ މައްސަލަތައް ދިމާވެފައިވާކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން 99 އިންސައްތަ މީހުންނަށް މި މައްސަލަތަކާއެކު ނޭވާލާ ނިޒާމުގެ އެެހެން މައްސަލަތައް ކުރިމަތި ވެފައިވާއިރު މީގެ ތެރެއިން 7 މީހަކަށް ކުރިމަތި ވެފައިވަނީ ހަމައެކަނި ހަޖަމުކުރުމުގެ ނިޒާމުގެ މައްސަަލަތަކެވެ.

ކޮރޯނާ ވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި ކުރިން ހީވެފައި އޮތީ ހަމައެކަނި ހުން އައިސް ކެއްސާއި އާދަޔާހިލާފަށް ނޭވާ ކުރުވުމެވެ. ނަމަވެސް މި ދިރާސާއާއެކު ބަލި ޖެހޭ މީހުން އަވަހަށް ދެނެގަތުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ސިއްހީ މާހިރުން ގަބޫލުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!