ޚަބަރު

ދިވެހިންނަށް ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާ ލަންކާއިން ލިބޭނެ ކަމުގެ ޔަގީންކަން ދީފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ލަންކާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލު ކުރައްވަނީ - ފޮޓޯ: ފޮރިން މިނިސްޓަރު

ދިވެހިންނަށް އެއްވެސް ތަކުލީފަކާ ނުލާ 90 ދުވަސް ނުވަތަ ތިން މަސް ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ކަން، ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީގެ މިނިސްޓަރު ޓިރަން އަލެސް، ލިޔުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ޔަގީންކޮށްދެއްވައިފި އެވެ.

Ads by STELCO

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރާ ބައްދަލު ކުރެއްވީ މިއަދު ހެނދުނެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ލަންކާގައި އޮން އެރައިވަލް ވިސާގެ އުސޫލަށް ދާދި ފަހުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ކުރިމަތިވި ދަތިތަކާއި ލަންކާގައި ތައުސީލު ހާސިލުކުރަމުންދާ އަދި ދިރިއުޅެމުންދާ ދިވެހިންނަށް ވެސް ވިސާ ހޯދުމުގައި ހުރި ދަތިތައް މިނިސްޓަރު ހިއްސާކުރެއްވި އެވެ.

ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއް ގޮތަށް އިތުރު ތަކުލީފަކާ ނުލައި ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށްދެއްވައި، އެ ކަން ލިޔުމުން ޔަގީންކޮށްދެއްވައިފަ އެވެ.

ލަންކާގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހިންނަށް ކޮންމެ އަހަރަކު ދައްކަން ޖެހޭ ވިސާ ފީއަށް ވެސް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!