ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް ދިޔަވެގެން ސިފައިން އެހީވެއްޖެ

ހަތަރު މީހުންނާއެކު ޅ. އަތޮޅަށް ދަތުރު ކުރި ދޯންޏެއް ދިޔަވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީވެ ސަލާމަތްކޮށްފި އެވެ.
"ލޫން 2" ނަމަކަށް ކިޔާ އެ ދޯނި ދިޔަވެގެން އަޑިއަށް ދާން ފެށީ ކ. ހެލެގެލި ކައިރިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަން އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެންނެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިން އިރު، މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 20:52 ހާއިރު ކަމަށް ބުންޏެވެ.