ޚަބަރު

ލަންކާ-ރާއްޖެ މަސްވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމަކާ މެދު މަޝްވަރާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސްރީލަންކާއާއި ރާއްޖޭގެ މަސްވެރިންނަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމަކާ މެދު ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ލަންކާގެ ބޮޑު ވަޒީރު ދިނޭޝް ގުނަވަރުދަނާ މަޝްވަރާ ކުރައްވައިފި އެވެ.

Ads by Sosun Fihaara

ލަންކާގެ ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނަކާ ހަވާލާދީ، ސްރީލަންކާގެ "އިކޮނޮމިކް ނެކްސްޓް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ދެ ގައުމުގެ މަސްވެރިންނަށް ދަތުރުކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެ ގޮތުން ސްރީލަންކާގެ މަސްވެރިންނަށް "ހިލޭ" ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޮޑު ވަޒީރު ގުނަވަރުދަނާ އެދިވަޑައިގެންނެވި ކަމަށް އެ ނޫހުގައިވެ އެވެ.

ނޫހުގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު ވަނީ އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ރާއްޖެއިން ޑްރޯން ބޭނުންކުރާއިރު ޒަސްރީލަންކާގެ މަސްދޯނިފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!