އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް އަޅަން ބީސީސީއާ ހަވާލުކޮށްފި

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީ ނުވަތަ ހެދުން ފަހާ ފެކްޓަރީއެއް އަޅަން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ބީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.
މަޝްރޫއުގެ އިތުރު ތަފްސީލެއް ނެތެވެ.
ބީސީސީ އިން ކުރިން ބުނެފައިވަނީ އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަނީ ރާއްޖޭގައި ކުރެވިދާނެ މަސައްކަތްތައް ކޮށްގެން ރާއްޖެއަށް އެތެރެކުރާ މުދާ މަދުކުރުމުގެ ބޭނުމުގަ އެވެ.
މީގެ އަހަރުތަކެއް ކުރިން އައްޑޫގައި އެފަދަ ފެކްޓަރީއެއް ހިންގާފައިވެ އެވެ.