ޚަބަރު

ކުޅުދުއްފުށި މޭޔަރާއި ފިޝަރީޒް މިނިސްޓަރު، މިޔަރު މަސްވެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުޅުދުއްފުށި މޭޔަރު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ބައްދަލު ކުރެއްވުމުގެ ތެރެއިން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައްދަލު ކުރައްވައި މިޔަރު މަސްވެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

Ads by STELCO

މިޔަރު ހިފުމާއި ބޭނުން ރާއްޖޭގައި މަނާކުރުމުގެ ކުރިން ކުޅުދުއްފުއްޓަކީ އެ މަސްވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށެވެ. 10،000 އަށް ވުރެ ގިނަ މީހުން އުޅޭ، އުތުރުގެ އެންމެ އާބާދީ ބޮޑު އެ ރަށުގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް އޭރުގައި ކުރި އެއް މަސައްކަތަކީ އެއީ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު މިޔަރު މަސްވެރިކަމާ ގުޅޭ ގޮތުން މިނިސްޓްރީން މަޝްވަރާކޮށްފައި މި ވަނީ، މިޔަރުގެ ފަރާތުން މަސްވެރިންނަށް އަނިޔާ ލިބޭލެއް ގިނަކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ.

މިޔަރު މަސްވެރިކަމުގެ އިތުރުން ސްޕޯޓްސް ކަނދުފައްޗެއް އެ ސިޓީގައި އެޅުން އަވަސް ކުރުމަށާއި އައިސް ޕްލާންޓެއް ބެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!