ޚަބަރު

އެސްޓީއޯ މުވައްޒަފުންގެ ނަމުގައި ފަލަސްތީން ފަންޑަށް ތިން ލައްކަ ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

"ފަލަސްތީނާއެކު ދިވެހިންގެ ނަމުގައި ޕީއެސްއެމުން ކުރިޔަށްގެންދާ ޓެލެތޯންގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ( އެސްޓީއޯ ގެ މުވައްޒަފުން 300،000 ލައްކަ ރުފިޔާ ހަވާލުކޮށްފިއެވެ.

Ads by STELCO

މި ޓެލެތޯންގައި ބައިވެރިވުމަށް އެސްޓީއޯއިން ވަނީ މާލެ ސަރަހައްދުގެ ދެ ތަނެއްގައި ފަންޑު ފޮށި ބަހައްޓާފައެވެ. އެއީ މާލެ ސަރަހައްދުގެ ހެޑް އޮފީހާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައެވެ. މީގެ އިތުރުން އަތޮޅުތަކުގެ އެސްޓީއޯ އައުޓްލެޓްތަކާއި ފާމަސީތަކުގެ މުވައްޒަފުން ވެސް ވަނީ ހަރަކާތުގައި ބައިވެރިވެފައެވެ.

އެސްޓީއޯ ގްރޫޕުން، މީގެ ކުރިން ވެސް ވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި 1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.

މި ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް މެދުވެރިކޮށެވެ.

ޕީއެސްއެމުން މި ޓެލެތޯން ކުރިޔަށްގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގެންނެވުމަކަށެވެ. މި ޓެލެތޯން މިރޭ 12އާ ހަމައަށް ކުރިޔަށްދާނެއެވެ. މި ޓެލެޓޯނުގެ ތެރެއިން މާލޭގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!