ދުނިޔެ

ޖީ20ގައި މުހިންމު މަޝްވަރާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބްރިކްސް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބައިނަލްއަޤްވާމީ އިޤްތިޞާދީ އެއްބާރުލުން ދިނުމުގެ އެންމެ ބޮޑު ފޯރަމްގެ ގޮތުގައި ޖީ-20ގެ މުހިންމު ދައުރެއް އޮތްކަން ކަށަވަރުކޮށްދެއްވާފައެވެ.

Ads by Sosun Fihaara

މިދިޔަ އަހަރު ނިއު ދިއްލީ ސަމިޓުގައި އެފްރިކަން ޔޫނިއަން ޖީ-20 ގައި ހިމެނުމުން މަރުހަބާ ވިދާޅުވެ މިނިސްޓަރުން ވިދާޅުވީ އިންޑިއާ، ބްރެޒިލް އަދި ދެކުނު އެފްރިކާގެ ޖީ20 ގެ ރިޔާސަތު ބެލެހެއްޓުމަކީ ދުނިޔޭގެ އިގްތިސާދުގައި ހުރި ހަމަހަމަކަމާއި ހަމަނުޖެހުންތަކާއި އުނިކަންތައްތައް ހައްލުކުރުމަށް ހަރުދަނާ ބިންގަލެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރު ޖީ-20 ގެ ރިޔާސަތު އޮތީ އިންޑިއާއިންނެވެ. މިހާރު ރައީސްކަން އޮތީ ބްރެޒިލަށް ކަމަށާއި އެއަށް ފަހު 2025 ވަނަ އަހަރު ދެކުނު އެފްރިކާއަށް ދާނެ ކަމަށެވެ.

ފޮރިން މިނިސްޓަރުން ބައްދަލުކުރެއްވީ ރަޝިއާގެ ނިޒްނީ ނޮވްގޮރޯޑްގައި ހޯމަ ދުވަހު ބޭއްވި ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ (އިކޮނޮމިކް ރިލޭޝަންސް) ދަމްމޫ ރަވީ މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތާރީހީ ތިން ވަނަ ދައުރުގެ ދަށުން އިންޑިއާގެ ހާރިޖީ ސިޔާސަތަށް ފޮރިން އެސައިންމަންޓު ގެނައުމުގެ ފުރަތަމަ ފަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!