ޖަޕާނާއެކު އިންޑިއާއިން ތަމްރީނުތަކެއް

ޖަޕާން-އިންޑިއާ މެރިޓައިމް އެކްސަސައިޒް 2024 (ޖިމެކްސް 24) ގެ އަށް ވަނަ އެޑިޝަންގައި ބައިވެރިވުމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ އަމިއްލަ ސްޓެލްތް ފްރިގޭޓް އައިއެންއެސް ޝިވަލިކް ޖަޕާނުގެ ޔޮކޮސުކާއަށް މިއަދު އަތުވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި އެކްސަސައިޒްގެ މަގުސަދަކީ އިންޑިއާ އާއި ޖަޕާނުގެ ކަނޑުގެ އަސްކަރިއްޔާއާ ދެމެދު އޮންނަ އެއްބާރުލުމާއި އިންޓައޮޕަރޭބިލިޓީ އިތުރުކުރުން ކަމަށެވެ.
"އައިއެންއެސް ޝިވަލިކަށް ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް (ޖޭއެމްއެސްޑީއެފް) ޔޮކޮސުކާ ޑިސްޓްރިކްޓްގެ ކޮމާންޑަރު ވައިސް އެޑްމިރަލް އައިޓީއޯ ހިރޯޝީ އާއި އިންޑިއާއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސިބީ ޖޯޖް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި،" ބަޔާނުގައި ވެ އެވެ.
މި އެކްސަސައިޒްގައި ބަނދަރާއި ކަނޑުގެ ފިޔަވަހިވެސް ހިމެނެއެވެ. ބަނދަރު މަރުހަލާގައި ޕްރޮފެޝަނަލް، ކުޅިވަރު އަދި އިޖުތިމާއީ މުއާމަލާތްތައް ހިމެނޭއިރު، އެއަށްފަހު ދެ ކަނޑުގެ އަސްކަރިއްޔާ ގުޅިގެން ކަނޑުމަތީގައި ހަނގުރާމަކުރުމުގެ ހުނަރު ކުރިއަރުވައި، ސަރފޭސް، ސަބް ސަރފޭސް އަދި އެއަރ ޑޮމެއިންތަކުގައި ހިންގާ ކޮމްޕްލެކްސް މަލްޓި ޑިސިޕްލިން އޮޕަރޭޝަންތަކުގެ ޒަރިއްޔާއިން އިންޓަރއޮޕަރަބިލިޓީ އިތުރުވެގެންދާނެއެވެ.