ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ބާހިޒް ނިޔާވެއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލްް ޑިރެކްޓަރު ބާހިޒް ޝަފީގު ނިޔާވެއްޖެ އެވެ.
ބާހިޒް މިއަދު ނިޔާވިކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އައްޑޫ ސިޓީ، ފޭދޫ އުމުރުން 27 އަހަރުގެ ބާހިޒް ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ފަރުވާ ދެމުން ދިޔައީ ގޮހޮރުގެ އޮޕަރޭޝަނަކަށް ފަހުކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާ މީގެ ކުރިން ވަނީ ހިތުގެ އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ.
ބާހިޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ކަމަށް އައްޔަނުކުރީ ޕީއެންސީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަށްފަހު އެވެ.